ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގަލޮޅު ދަނޑުގައި ފުޓްބޯޅަ މެޗެއް ކުޅޭނެ ކަމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖޭޕީގެ ކެމްޕެއިން އިވެންޓުގައި ވާހަކަދައްކަމުން ރިޔާޒު ވިދާޅުވީ ރާއްޖޭގައި އޮލިމްޕިކްސް ފެންވަރުގެ ސްޓޭޑިއަމެއް އެޅުމަކީ ގާސިމްގެ ރިޔާސީ ވައުދެއް ކަމަށާއި ގާސިމްގެ ވެރިކަމެއްގައި މެސީ ވެސް ގަލޮޅު ދަނޑުގައި ޒުވާނުންނާއެކު މެޗެއް ކުޅޭނެ ކަމަށެވެ. ރިޔާޒް ވިދާޅުވީ ޒުވާނުންނަށް އެންމެ ފަހި ފުރުސަތެއް ލިބިގެންދާނީ ޖުމްހޫރީ ޕާޓީން ކަމަށާއި ޕާޓީއާ ގުޅިވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ދައުރެއް އަދާކުރެވޭނެ ކަމުގެ ޔަގީންކަން ލިބޭނެ ކަމަށެވެ.
އަޅުގަނޑު ތިބޭފުޅުންނަށް މި ޔަގީންކަން ދެނީ، އެމަނިކުފާނުގެ ވެރިކަމެއްގައި މެސީ އައިސް ގަލޮޅުދަނޑުގައި ފުޓްބޯޅަ ކުޅޭނެ. މެސީ ފުޓްބޯޅަ މެޗެއް ކުޅޭނެ އެމަނިކުފާނުގެ ވެރިކަމުގައި. ޒުވާނުންނާއެކު ފުޓްބޯޅަ ކުޅޭނެ. ތިބޭފުޅުން ހާސްކަނޑާލާ.
– ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒް މިފަދައިން ވިދާޅުވިއިރު ރާއްޖޭގައި ބައިނަލް އަޤްވާމީ މުބާރާތްތައް ބޭއްވޭ ވަރަށް އިންފްރާސްޓަކްޗަރ ޤާއިމްކޮށް ދުނިޔޭގެ ފެންވަރުގެ އޮލިމްޕިކް ސްޓޭޑިއަމެއް އަޅާނެ ކަމަށް ގާސިމް ވަނީ ވައުދުވެވަޑައިގެންފައެވެ.
ގައުމުގެ ހާލަތު މިވަގުތު ބަދަލު ކުރެވޭނެ ހަމައެކަނި ލިޑަރަކީ ގާސިމް އިބްރާހީމްކަން ފާހަގަކުރައްވާ ރިޔާޒް ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް މަސައްކަތް ކުރައްވަނީ ބާރެއް ލިބުމުން އަދި އިތުރަށް ބާރު ހޯދުމުގެ މަސައްކަތް ކަމަށެވެ.
ގާނޫނު އަސާސީއާ އެއްގޮތަށް ރާއްޖޭގައި ވެރިކަން ގާސިމް ކުރައްވާނެ ކަމަށާއި ވަކިވެފައިވާ ތިން ބާރާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް އެމަނިކުފާނު ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
2 Responses
ކުޅިވަރު ކުޅޭމީހުންގެނެސްގެން ކުޅިވަރުތަކެންނޫން ކުޅެއްވީ ގައުމު ސާމަތުގެއަށްސޭރިއަށް ގެންނަށްވީ އެޔޮންބިޔަ ބޮޑުދަނި ާޖޭގައޮތް އިންޑިޔާގެބާރުތަޒް އެތަނުގެސިފައިން ހުރިހާފާހިސްއަމަލުތަށް ރާޖޮވެސާފުކުރަށްވި މިދައުރުގަ ތަރައްގީއަށް ކަމެއްކޮންފާވާނަމަ އެތަރައްގިއެއް ގެނާމީހަކަށްވާނީ އެބިޔަ ބޮޑު ދަރަނިއަދާކުރާމީހެން
ފަހަތުން އަރާ ގާސިމް ލަޑުޖަހަނީ ތިއޮށް: