އެގްރޯ ނެޓްގެ ދެ ބޯޓް ބަންނަން ފިކްސްއިން މެރިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި

އެގްރޯ ނެޓްގެ ދެ ބޯޓް ބަންނަން ފިކްސްއިން މެރިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި

Author
އަޒްފާ ރަޝީދު
20 ޖޫން 2023 09:51
0

އެގްރޯނެޓުން ދެ ބޯޓް ބަންނަން ބަޔަކާ ހަވާލުކޮށްފި އެވެ. ދަނޑުވެރިން އުފައްދާ ތަކެތި އުފުލަން ދެ އެގްރި ބޯޓް ބަންނަން އިއްޔެ ހަވާލުކޮށްފައި ވަނީ ފިކްސްއިން މެރިން ޕްރައިވެޓް ލިމިޓެޑާ އެވެ.

މި އެއްބަސްވުމުގެ ދަށުން ބަންނަން ނިންމާފައި ވަނީ 65 ފޫޓުގެ ބޯޓަކާއި 45 ފޫޓުގެ ބޯޓެކެވެ. މިއީ ޖަޕާނުގެ އެހީގައި ޔޫއެންޑީޕީގެ ޕީޑީއެސްއޭއީގެ ދަށުން ބަންނަ ބޯޓުތަކެކެވެ.

އެގްރޯނެޓިން އެގްރި ބޯޓްތައް ޑިޒައިންކުރީ މެރިން ޕޮލިސްގެ ފަރާތުން ކަމަށެވެ. މިއަދި މިކަށް މަސައްކަތައް އިކޮނޮމިކް މިނިސްޓްރީ އާއި އެގްރިކަލްޗަރ މިނިސްޓްރީގެ އެހީތެރިކަން ލިބިފައިވެ އެވެ. އެގްރޯނެޓުން ބުނީ، އަލަށް ބަންނަން ނިންމި ބޯޓުތަކަކީ ދަނޑުވެރިންނާއި ކޮންސިއުމަރުން ގުޅުވައިދޭ ފައިދާހުރި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ތައާރަފްކުރުމަށް ކުރަމުންދާ މަސައްކަތުގެ ފެށުމެއް ކަމަށެވެ.

މި ބޯޓުތަގައި ދަނޑުވެރިކަމުގެ ބާވަތްތައް ރައްކާކުރުމާއި، ސޯލާ ޕަވަޑް ކޯލްޑް/ޑްރައި ސްޓޯރޭޖް ފެސިލިޓީތަކާއި، ކްރޫއަށް ހާއްސަ ވޭ ކޮޓަރިތައް ވެސް ހިމެނޭނެ އެވެ. އަދި ބޯޓުތައް ޑިޒައިިންކޮށްފައި ވަނީ އިރުގެ ހަކަތައިން ކޯލްޑްސްޓޯރޭޖް ބޭނުން ކުރެވޭ ގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.