ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހަރަދުގައި ރާއްޖެ އިން މި އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ދެއްވި 10 މީހުންގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންޔެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިއްޖެއެވެ.
އަނިޔާގައި ހުރި ދަނގަޑޭ މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕުން ނުފެންނާނެއެވެ. ޢާންމުކޮށް މުބާރާތުގައި ނުކުޅެވޭ ހާލަތުގައިވެސް އޭނާ ޓިމަށް ހިތްވަރު ދިނުމަށް ޓީމާއިއެކު ނޫނީ އަމިއްލަ ޚަރަދުވައިވެސް ދެއެވެ. ބޯޅަ ކުޅެލަން ދިއުމުގެ ނަސީބު ނުލިބުނަސް ދަނގަޑޭއަށް ލިބިފައިވަނީ މިދުނިޔެ މަތީގައި ލިބޭނެ އެންމެ ބޮޑު ނަސީބު ލިބިފައެވެ.
ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހަރަދުގައި ރާއްޖެ އިން މި އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ދެއްވި 10 މީހުންގެ ތެރޭގައި ދަގަނޑޭ ހިމެނެއެވެ. އެ މީހުން ފުރާނީ އަންނަ ހުކުރު ދުވަހުއެވެ.
ދަނގަޑޭއަކީ އޭނާގެ ފުޓުބޯޅައިގެ ހަޔާތުގައި ރާއްޖޭގެ ހުރިހާ ރެކޯޑެއް މުގުރާލާފައިވާ ރާއްޖޭގެ އެތައްބައެއްގެ ލޯތްބާއި، ތާއީދު އޮތް ޝަކުސިއްޔަތެކެވެ. ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާއިއެކު ދަނޑޭއަށް ދީނީ ގިނަ ބޭފުޅުންގެ ތައުރީފްވެސް ވަނީ ލިބިގެން ގޮސްފައެވެ.
މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާއެވެ. މީގެތެރެއިން ޙައްޖަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވާ 3 ކުންފުނިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުޞަތެވެ. ދެންހުރި ފުރުޞަތުތައް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ.
މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ނައިބު ރައީސް ފައިޞަލް ނަސީމްއެވެ.