މާފުށިން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެ

މާފުށިން ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
20 ޖޫން 2023 12:24
0

ކ. މާފުށިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެއެވެ.

އެއަންހެން ކުއްޖާ ފެނިފައިވާ ކަމަށާއި، މިހާރު އެކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް މާފުށީ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އިއްޔެގެ ފަތިހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާގެ އާއިލާއިން އެކަން ކައުންސިލަށް ރިޕޯޓުކުރުމާއި ގުޅިގެން މާފުށީ ކައުންސިލުން ވަނީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. އަދި އުމުރުން 17 އަހަރުގެ އެކުއްޖާ ހޯދުމަށް ރަށުގެ ރައްޔިތުންގެ އެހީތެރިކަމަށްވެސް އެކައުންސިލުން އެދިފައިވެއެވެ.

އެ އަންހެން ކުއްޖާ ހޯދަން ކައުންސިލުން އިއުލާނުކުރީ ރޭގެ 10:26 ހާއިރުގައެވެ. އަންހެން ކުއްޖާ ހޯދުމަށް ރަށުގެ ކައުންސިލާއި ރައްޔިތުން އަދި ޕޮލިހުން ހަރަކާތްތެރިވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.