ސުނިޔޭގެ ނުފޫޒު ގަދަ އާއިލާ އެއް ކަމުގައިވާ ކާޑޭޝަން އާއިލާގެ އެއް މެމްބަރު ކޯޓްނީ ކާޑޭޝިއަން ތަފާތު ގޮތަކަށް ބަލިވެ އިން ކަން އިއުލާން ކޮށް އާންމުންގެ ސަމާލުކަން ހޯދައިފިއެވެ.
މިދިއަ އަހަރުގައި ޓްރޭވިސް ބޭކާ އާއި ކައިވެނި ކުރި ކޯޓްނީ ބަލިވެ އިންކަން ހާމަ ކުރީ ޓްރޭވިސް ގެ މިއުޒިކް ޝޯއެއްގެ ތެރެއިންނެވެ. މީ ކޯޓްނީގެ 4 ވަނަ ދަރިއެވެ. ނަމަވެސް މިދަރިފުޅަކީ ކޯޓްނީ އާއި ޓްރޭވިސް ގެ ގުޅުމަށް ލިބޭ އަލަތު ދަރިފުޅެވެ.
ކޯޓްނީ ބަނޑުބޮޑުކަން އިއުލާން ކުރި ވީޑިއޯ ތަކެއް މިހާރު އަންނަނީ އިންޓަނެޓްގައި ދައުރު ވަމުންނެވެ. ހުދު ކޯޓްނީ ވެސް ވަނީ އެ ވީޑިއޯ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ.
44 އަހަރުގެ ކޯޓްނީ އާއި ކުރީގެ ލޯބިވެރިޔާ ސްކޮޓް ޑިސިކް އަށް ތިން ދަރިން ލިބުނުއިރު އެ ކުދިންނަކީ މޭސަން 12، ޕެނެލޮޕީ 10 އަދި ރެއިން 8 އެވެ. ޓްރެވިސް އަށްވެސް ވަނީ މީގެ ކުރިން ކުރި ކައިވެންޏަށް ދެ ކުދިން ލިބިފައިއެވެ. އެއީ އޭނާ 2004 ވަނަ އަހަރު ކައިވެނި ކުރި ޝެނޭ މޮކްލޭ އަށެވެ.
ކޮމެންޓު ފޮނުވާ