ކަރަން ޑިއޯލް ކައިވެނިކޮށްފި

ކަރަން ޑިއޯލް ކައިވެނިކޮށްފި

Author
ފާތިމަތު ނާވީ
19 ޖޫން 2023 08:54
0

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލްގެ ދަރިފުޅު ކަރަން ޑިއޯލް ކައިވެނިކޮށްފި އެވެ.

މި ހަފްތާ ފެށުނީންސުރެ އެ ކައިވެނީގެ ރަަސްމިއްޔާތަކަށް ފަހު ރަސްމިއްޔާތެއް އަންނަނީ ބާއްވަމުންނެވެ. އިއްޔެ ކަރަން ކައިވެނި ކުރެވިގެން ދިއަ އިރުގައި މި ކައިވެނި ކުރެވިގެން ގޮސްފައިވަނީ ވަރަށް ކުލަގަދަކޮންނެވެ.

އަދި ހަމަ އެއާއި އެކުގައި އެކައިވެނީގެ ހުރިހާ ސެރޮމޮނީތަކެއްވެސް ގެންގޮސްފައިވަނީ ވަރަށް ކުލަގަދަކޮންނެވެ. ކަރަން އާއި ދްރިޝާ ކައިވެނި ކުރި އިރުގައި ސްރިޝާ އަކީ ދުބާއީގެ ޓްރެވެލް އެޖެންސީއެއްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. މީގެ އިތުރުން ޑްރިޝާ އަކީ ހިންދީ ސިނަމާގެ ކުރީގެ ޑައިރެކްޓަރު ބިމާލް ރޯއިގެ މުނިކާފަ ދަރިއެކެވެ.

 

View this post on Instagram

 

A post shared by Karan Deol (@imkarandeol)

32 އަހަރުގެ އެކްޓަރު ލޯބިވެރިޔާ އެންގޭޖްވީ ކާފަ އަދި މަޝްހޫރު އެކްޓަރު ދަރުމެންދުރާ އާއި މާމަ ޕްރަކާޝް ކޯރްގެ ކައިވެނީގެ އެނިވާސަރީއާ ދިމާކޮށެވެ. އެ ހަފްލާ ކުރިއަށްދިއައީ ހަމަ އެކަނި އާއިލާ ގެ ހާޒިރުގައި ވަރަށް އާދައިގެ ގޮތަށް އަދި އެހާމެ ޕްރައިވެޓް ކޮން ކަމަށްވެއެވެ.

އެމީހުން ގެ އާއިލީ ފިލްމް ކުންފުނީގެ ގިނަ ފިލްމް ތަކެއްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކަރަން އެކްޓިން އަށް ނުކުތީ ބައްޕަ ސަނީ ޑައިރެކްޓްކުރި 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. އޭނާ ވަނީ 2021 ގެ ފިލްމް "ވޭލޭ" އިން ވެސް ފެނިފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.