ފަނޑުވަމުން ދާ ސޯނާމް ކަޕޫރުގެ ފިލްމީ ކެރިއަރު އަލުން ކޮޅަށް ޖެހުމަށް ބޮލީވުޑްގެ އެންމެ ބޮޑު ސްޓޫޑިއޯ، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ޓެލެންޓް އެޖެންސީއާ ޭއޭނާ ގުޅިއްޖެ އެވެ.
މިކަން ހާމަ ކޮށް ވައިއާރްއެފް އިން ވަނީ އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށް ސޯނަމް އަށް މަރުހަބާ ކިޔައިފައިއެވެ. މިއާއި އެކުގައި ސޯނަމް ގެ ކެރިއަރު ކޮޅަށް ޖެހުމަށް އެ ސްޓޫޑިއޯއިން ގިނަ މަސައްކަތް ތަކެއް ކޮއްދޭނެއެވެ.
މަޝްހޫރު އެކްޓަރު އަނިލް ކަޕޫރް ދަރިފުޅަކީ ކުރިން ވެސް ވައިއާރްއެފްގެ ފިލްމެއް ކުޅެފައިވާ ބަތަލާއެކެވެ. އެއީ 2014 ވަނަ އަހަރުގެ ރޮމޭންޓިކް ކޮމެޑީ "ބޭވަފޫކިޔާ" އެވެ. ސޯނަމް އާއި އަޔުޝްމާން ފެނިގެންދިއަ މި ފިލްމް އަކީ ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބެއް ހޯދުނު ފިލްމްއެއް ނޫނެވެ.
2018 ގައި ވިޔަފާރީ ވެރިއެއް ކަމުގައިވާ އާނަންދު އަހޫޖާ އާއި ކައިވެނި ކުރި ފަހުން ސޯނަމް އުޅެމުން އަންނަނީ އިނގިރޭސި ވިލާތުގައިއެވެ. މިހާތަނަށް ކެރިއަރުގައި މާބޮޑު ކާމިޔާބެއް ހޯދިފައި ނުވާ ބަތަލާ ކައިވެނީގެ ފަހުން ވަނީ ފިލްމީ ދާއިރާ އާއި ވަރަށް ބޮޑަށް ފެޔަށް ޖެހިފައިއެވެ.
މިދިޔަ އަހަރު އަލަތު ދަރިފުޅު ލިބުނު ސޯނަމް ގެ އެންމެ ފަހުގެ ފިލްމް އަކީ 2019 ވަނަ އަހަރުގެ ފިލްްމް "ދަ ޒޯޔާ ފެކްޓާ" އެވެ. ނަމަވެސް އެ ފިލްމް އަކީ ވެސް ބޮޑު ފޮލޮޕްއެކެވެ.
ކޮމެންޓު ފޮނުވާ