ޕާޓީ އުފެއްދުމުގެ ހުއްދަ ނުދެނީން އިލެކްޝަންސް ކޮމިޝަނުން ނުނިކުންނާނޭ ކަމުގައި ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ބޭނުންވާ 3،560 ފޯމު އިކެލްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ ޖޫންމަހުގެ 1 ވަނަ ދުވަހުއެވެ.
އެއަށްފަހު ދެހަފްތާ ވެގެން ގޮސްފައިވާއިރު، ޕާޓީ އުފެއްދުމަށް ދޭންޖެހޭ ހުއްދަ ދިނުން އިސީން ގަސްތުގައި ލަސްކުރަމުންދާ ކަމަށް ތުހުމަތުކޮށް، ޕާޓީ އުފެއްދުމުގައި ހަރަކާތްތެރިވަމުންދާ އިސް ބޭފުޅުން މިހާރުވެސް ތިބީ އިލެކްޝަންސް ކޮމިޝަންގައެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތުމަށްފަހު ހަސަން ލަތީފް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، ފާއިތުވެދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުވެސް، ޕާޓީ އުފެއްދުމަށް ދޭންޖެހޭ ހުއްދަ ދޭނަކަމަށް އިލެކްޝަންސްއިން ބުނެފައިވާ ކަމުގައެވެ. އަދި އެދުވަހަށް ނުނިމިއްޖެނަމަ މިހަފްތާގެ އާދީއްތަ ދުވަހަަށް ހުއްދަ ދޫކުރާނެކަމަށް އިލެކްޝަންސްއިން ބުނެފައިވާކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް އީސީން މައުލޫމާތު ދެއްވި ގާނޫނީ ގޮތުން ޕާޓީ އުފައްދަން ބާއްވަން ޖެހޭ ޖަލްސާ ބާއްވަން މިދިޔަ ބުރާސްފަތި ދުވަހު ދެއްވަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށް. އެހެން ނަމަވެސް ފަހަރެއްގައި އެކަން ނުނިމިއްޖެޔާ އާދީއްތަ ދުވަހު، އެއީ މިއަދު އެކަން ކޮށްދެެއްވޭނެ ކަމަށް ވިދާޅުވި.
އިލެކްޝަނަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވެފައި ވެއެވެ.
ހަސަން ލަތީފު ވިދާޅުވީ ސައްހަ 3،000 ފޯމު ހިލެކްޝަނަށް ހުށަހަޅާފައިވާކަން އެ ކޮމިޝަނުން ޔަގީން ކޮށްދީފައި ވާކަމުގައެވެ. އެހެންކަމުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުން ހުއްދަ ދޫކުރުން ލަސްކުރާންވީ ސަބަބެއް ނެތްކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ދަތި ކުރަމުންދާ ކަމުގައެވެ.
ކޮމެންޓު ފޮނުވާ