ދުވަހަކު ވެސް ސިޔާސީ ދާއިރާ އަކުން ނުފެންނާނެ: މަނޯޖް

ދުވަހަކު ވެސް ސިޔާސީ ދާއިރާ އަކުން ނުފެންނާނެ: މަނޯޖް

Author
ފާތިމަތު ނާވީ
18 ޖޫން 2023 05:54
0

ދުވަހަކުވެސް ސިޔާސީ ދާއިރާއިން ނުފެންނާނެ ކަމަށާއި އެފަދަ ކަމެއް ހިތަށް ވެސް ނާރުވާ ކަމަށް ހުނަރުވެރި އެކްޓަރު މަނޯޖް ބާޖްޕާއީ ބުނެފި އެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމް "ސިރްފް އޭކް ބަންދާ ކާފީ ހޭ' ޕްރޮމޯޓްކުރުމުގައި ޕަޓްނާގައި އުޅެމުން ދިޔަ ދުވަސްވަރުގައި ދިން އިންޓަވިއުއެއްގައި މަނޯޖް ބުނީ މިދިޔަ އަހަރު ބިހާރަށް ގޮސް އެ ސްޓޭޓުގެ ސިޔާސީ ބައެއް ފަރާތްތަކާ ބައްދަލުކުރުމުން، އޭނާ ސިޔާސީ މައިދާނާ ގުޅެން އުޅެނީ ކަމަށް މީހުންނަށް ހީވެފައިވާ ކަމަށެވެ.

ނަމަވެސް  މީހުންނަށް އެހެން ހީވިކަމުގައި ވިޔަސް އެއީ އޭނާ ނުކުރާނެ ކަމެއް ކަމުގެ "200 ޕަސެންޓް" ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެފަދަ ވިސްނުމެއްވެސް އޭނާގެ ނެތް ކަމަށް ޕީޓީއައި އަށް ދިން އިންޓަވިއުގައި ދަ ފެމިލީ މޭން' އާއި 'ގޭންގްސް އޮފް ވަސޭޕޫރް’ގެ ތަރި ބުންޏެވެ.

ތިން ގައުމީ އެވޯޑާއި ހަތަރު ފިލްމުފެއާ އެވޯޑް ހާސިލް ކޮށްފައިވާ ހުނަރުވެރި އެކްޓަރު ބުނީ އޭނާ އަކީ އެކްޓަރެއް ކަމަށާއި މުޅި އުމުގައިވެސް ދެމި ހުންނާނީ އެކްޓަރެއްގެ ގޮތުގައި ކަމަށެވެ. އަދި އިތުރު އެހެން ދާއިރާ އަކުން އޭނާ ފެނިގެން ނުދާނެ ކަމަށެވެ.

 

View this post on Instagram

 

A post shared by Bandaa (@bajpayee.manoj)

މަނޯޖް އެންމެ ފަހުން ފެނިގެން ދިއައީ "ސިރްފް އޭކް ބަންދާ ކާފީ ހޭ’އިންނެވެ. އެ ފިލްމް އަކީ މޭ 23 ވަނަ ދުވަހުގައި ރިލީޒް ކުރި ފިލްމް އެކެވެ. ފިލްމްގެ ލީޑުން މަނޯޖް އާއި އެކުގައި ފެނިގެން ދިއައީ ސްޕަރުން ވަރްމާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.