ހޯޑެއްދޫގެ ނަތީޖާއިން ސާފުވީ އެމްޑީޕީއަށް ތާއީދެއް ނެތްކަން: ފިރުޝާން

ހޯޑެއްދޫގެ ނަތީޖާއިން ސާފުވީ އެމްޑީޕީއަށް ތާއީދެއް ނެތްކަން: ފިރުޝާން

މިއަދު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަންގައި ގދ.ހޯޑެއްދޫގެ ބައި އިލެކްޝަން ބޮޑު ތަފާތަކުން އިދިކޮޅު ޕީޕީއެމް ކާމިޔާބު ކުރުމަކީ އެމްޑީޕީއަށް ތާއީދު ނެތްކަން ހާމަވާ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަހު ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.

މެމްބަރު ފިރުޝާން ކުރެއްވި ޓުވީޓުގައި ވަނީ އޭނާގެ ދާއިރާގައި ހިމެނޭ މަޑަވެލިން މިއަދު ނިކުތް ނަތީޖާއާއި ނިމިދިޔަ އިންތިޚާބު ތަކުގެ ނަތީޖާތަކުގެ ތަފާސް ހިސާބް ހިއްސާ ކުރައްވާފައެވެ. އެމްޑީޕީން ވަކިވެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްގައި އިސްކޮށް ހަރަކާތްތެރިވާ ފިރުޝާން ވިދާޅުވީ މަޑަވެލިން ފެނިގެން ދިޔަ ނަތީޖާއަކީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބުގައި ނޫނެކޭ ބުނާނެކަމުގެ ފުރިހަމަ ހެއްކެއްކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިިންތިޚާބުގައި ހޯނޑެއްދޫއިން %71 އެމް.ޑީޕީ ނެގި. 2019 މަޖްލިސް އިންތިޚާބުގައި ފަރަގު ބޮޑު ނަތީޖާއެއް ނެރުނު. ޖެހިގެއައި ކައުންސިލް އިންތިޚާބުގައި ކައުންސިލް އެކީ ނެގި. މިއަދުގެ ހަގީގަތަކީ މިއީ. ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު ބަލިވާނެ. މަރުހަބާ ޕީޕީއެމް.

– ފިރުޝާން ވިދާޅުވިއެވެ.

މިއަދު އިންތިޚާބުގައި މަޑަވެލީގެ އަންހެނުންގެ ކޮމެޓީގެ ބައި އިލެކްޝަންސް ކާމިޔާބު ކުރީ ޕީޕީއެމްގެ ކެނޑިޑޭޓް ނަޒުރާ ހުސެއިން މަނިކެވެ.

– ގދ. ހޯނޑެއްދޫ ބައި އިލެކްޝަން ނަތީޖާ:

1. ނަޒުރާނާ ހުސެއިން މަނިކު / ޕީޕީއެމް – 204
2. ލިޒުނާ ނަސީރު / އެމްޑީޕީ – 86
3. މައިމޫނަތު ޝަރީފް / އަމިއްލަގޮތުން – 76

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ނަތީޖާތަކުގައިވާ ގޮތުން މިއަދު ބޭއްވި 8 ބައި އިލެކްޝަންގެ ތެރެއިން 5 ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓުންނެވެ. އެމްޑީޕީން މިއިންތިޚާބުގައި ދެގޮނޑި ކާމިޔާބު ކުރައްވާފައިވާއިރު، މިނިވަން ކެނޑިޑޭޓެއްވެސް ވަނީ އެއް ގޮޑި ކާމިޔާބު ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *