އެމެރިކާގެ ވޮޝިޓަންގައި ދިވެހި އެމްބަސީއެއް އަލުން ހުޅުވައިފިއެވެ.
މި އެންބަސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދުއެވެ. އެމެރިކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ނަމުގައި ހުޅުވި މި އެންބަސީއާއިއެކު 2 ޤައުމަށްވެސް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ.
އެމެރިކާއިން ރާއްޖެއާއެކު ކުރާ ޚާރިޖީ މުއާމަލާތްތައް މިހާރު ކުރިއަށް ގެންދަނީ ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ. އަދި އެމެރިކާގައި ރާއްޖެ ތަމްޞީލުކުރަނީ އދ. ގައި ހުންނަ ރާއްޖޭގެ މިޝަން މެދުވެރިކޮށެވެ. ރާއްޖެއާއި އެމެރިކާގައި އެމްބަސީ ޤާއިމްކުރުމަށް ނިންމަވާފައިވަނީ އެމެރިކާގެ އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
Today we celebrated the reopening of Maldives' Embassy in D.C.! Thanks to Foreign Minister @abdulla_shahid for hosting. @State_SCA's Assistant Secretary Lu spoke about deepening ties with this important Indo-Pacific partner. pic.twitter.com/fc8C4qwoaM
— State_SCA (@State_SCA) June 16, 2023
އެންބަސީ ހުޅުވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ އެމެރިކާގެ އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ)ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާވެސް ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅާއި ގުޅޭގޮތުން މިނިސްޓަރ ޝާހިދު ވިދާޅުވީ، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ލިބިވަޑައިގަންނަވާ ފުރުސަތެއްކަމަށާއި އުފެއްދުންތެރި ދަތުރަކަށް ވާނެ ކަމަށް އުންމީދުކުރައްވާކަމަށެވެ.
އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވާފައިވާއިރު ރާއްޖޭގައިވެސް އެ ޤައުމުގެ އެމްބަސީއެއް ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ރާއްޖޭގައި އެމެރިކާގެ އެމްބަސީ ހުޅުވުމަށް ނިންމަވާފައިވަނީ ހުޅުމާލޭގައި އަލަށް ހުޅުވި ޢުމަރުޒާހިރު އޮފީސް ޢިމާރާތުގައެވެ. ރާއްޖެއާއި އެމެރިކާއާދެމެދު ސިޔާސީ ގުޅުން ޤާއިމްކުރައްވާފައިވަނީ 1966 ވަނަ އަހަރުއެވެ.