ގއ. ވިލިގިލީގައި ޒުވާނަކު ގެއްލިގެން ހޯދަނީ

ގއ. ވިލިގިލީގައި ޒުވާނަކު ގެއްލިގެން ހޯދަނީ

Author
ހުސެއިން
16 ޖޫން 2023 06:51
0

ހުވަދު އަތޮޅު އުތުރުބުރީ ވިލިގިލިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

"ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުންދަނީ އެރަށު ރަތްވިލާގޭ އަސްއަދު އަހުމަދުއެވެ. ފުލުހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި އޭނާ ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓު ކޮށްފައިވަނީ ރޭ ދަންވަރު 01:10 ގައެވެ. އަދި ގެއްލިގެން ހޯދަމުންދަނީ 38 އަހަރުގެ ފިރިހެނެއް ކަމަަށްވެސް ފުލުހުންގެ ފަރާތުން ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް މިހާތަނަށް ކުރެއްވުނު މަސައްކަތުން އަދި އޭނާ ހޯދިފައެއް ނުވެއެވެ.

އޭނާގެ އެއްވެސް މައުލޫމާތެއް ލިބުފައިވާނަމަ، ވީހާ އަވަހަކަށް ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓުމަންޓުގެ 9631696 ނަންބަރަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރުމަށްވެސް ފުކުހުން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.