ރާއްޖޭގެ ތާރީޚުގައިވެސް އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ފުރަތަ ވެރިއަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
މެމްބަރު ރާއީ މިހެން ވިދާޅުވީ ރައީސް ޞާލިހާއިއެކު ބޭއްވި ބައްދަލުވުމަކަށްފަހު ކުރެއްވި ޓުވީޓުގައެވެ. ރާއީ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ އިހުލާސްތެރި ވެރިއެއް ކަމަށެވެ. ރައީސް ޞާލިހަށް ރައްޔިތުން ކުރާ އިތުބާރާއިއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެއްބުރުންކަމަށް ރާއީ ވިދާޅުވިއެވެ.
މި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަން ކުރާނެ، އެ ވިސްނުމާއި ކެތްތެރިކަމާއި ހިކުމަތްތެރިކަން އެބަހުރި، ހުންނެވީ އިތުބާރާއި އެކު. 2023 ކާމިޔާބު ކުރަނީ އެކިޔާ ގޮތަށް އެއްބުރުން. އަދި ފުރަތަމަ ފަހަރަށް އެއްބުރުން ރާއްޖޭގައި އިންތިޙާބެއް ކާމިޔާބު ކުރާނެ ރައީސް ކަމުގައި ވެގެންދާނެ.
– މެމްބަރު ރާއީ ވިދާޅުވިއެވެ.
ރާއީ މިހެން ވިދާޅުވިއިެރު، މިމަހުގެ 12 ވަނަ ދުވަހު ހދ.ކުމުންދޫ ރައްޔިތުންނަށް ކަރަންޓު ލިބުމުގައި ހުރި ދަތިހާލަތުން އަރައި ގަތުމަށް ކުރަމުންދާ މަސައްކަތުގައި ކާމިޔާބީއެއް ނުލިބޭނަމަ ސަރުކާރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެދާއިރާގެ ވޯޓާއިމެދު ވިސްނަން ޖެހޭނެކަމަށް ވިދާޅުވެ ޓުވީޓު ކުރެއްވިތާ މާގިނަ ދުވަހެއް ނުވެ ކުރެއްވި ޓުވީޓެއްގައެވެ.
ކުމުންދޫ ރައްޔިތުންގެ ހައްގުގައި ރާއީގެ ވަރުގަދަ މެސެޖެއް ސަރުކާރަށް!
މެމްބަރު ރާއީއަކީ ވެެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި މަޖިލިސް ތެރެއިން ސަރުކާރުގެ ދިފާއުގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ނަމަވެސް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސިޔާސަތުތަކާއި އެޕާޓީގެ ރައީސް އިމްރާނަށް ރާއީގެ ނުރުހުން އަބަދުވެސް އަމާޒުވެއެވެ. މިސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދުކޮށް ރައީސް ޞާލިހާއިއެކު ކުރިއަށް ދިއުމަށް ނިންމާފައެވެ.
2 Responses
މިނާއަކީ ފައްކާ މަރުމޯލައެއް
ރާއީމެން ހެއްދިވަރަކައް ހެދޭނެެ އެކަން ގަބޫލުރާނީީ ބޫތުކައިފަ ހުންނަ މީހެއްް ބުނާނާނެ އެއްޗެއް ނެތްް ލިބޭވަރަކައް ހޯދާފަަ އަހަރުމެނައްވެސްް އެތިކޮޅެއް ދިއްލޮއް ލައްޗޭޭ