ތިނަދޫގައި ވަޒީފާ ލިބެނީ އެމްޑީޕީގެ މީހުންނަށް އެކަނި: ސައުދުﷲ ހިލްމީ

ތިނަދޫގައި ވަޒީފާ ލިބެނީ އެމްޑީޕީގެ މީހުންނަށް އެކަނި: ސައުދުﷲ ހިލްމީ

Author
ހުސެއިން
15 ޖޫން 2023 06:32
0

ވަޒީފާތައް ލިބުމުގައި ވަކި ފިކުރަކަށް ނުބައްލަވާނެކަމަށް ރައީސް ސާލިހު ކުރިން ވިދާޅުވެފައިވާ ވިދާޅުވުމަށް އަމަލު ކުރައްވަމުން ނުގެންދަވާ ކަމަށާއި، ހަމައެކަނި ތިނަދުއަށް ބެލި ކަމުގައިވި ނަމަވެސް، ވަޒީފާތައް ލިބެމުންދަނީ ހަމައެކަނި އެމްޑީޕީގެ މީހުންނަށް ކަމުގައި، ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

އާނާ ވިދާޅުވީ ތިނަދޫގައި ވަޒީފާ ދެމުންދަނީ އިއުލާން ކޮށްލުމަކާވެސް ނުލާކަމަށާއި، އަދި ސަރުކާރު ވެރިކަމަށް ގެންނަން މަސައްކަތް ކުރި އެމްޑީޕީގެ މީހުންވެސް ބާކީ ވެފައިވާކަމުގައެވެ. އޭގެ އިތުރުން ރައީސް ސާލިހު ވެރިކަމަށް ގެންނަން ޕޯޑިއަމްތަކުގައި ވާހަކަ ދެއްކި ބައެއް މީހުން އެމީހުން ތިބި ވަޒީފާތަކުން ވަކިކޮށްފައިވާކަމަށްވެސް ސައުދުﷲ ވިދާޅުވެފައިވެއެވެ.

ތިނަދޫގައި އެމްޑީޕީ ނޫންބަޔަކަށް ވަޒިފާ ނުލިބޭކަމަށް ސައުދުﷲ ވިދާޅުވެފައިވާއިރު، އެމްޑީޕީން ވަކިވެ މިހާރު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސް ޕާޓީއާއި ގުޅެމުންދާ، ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގައި ތިބި މީހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެމްޑީޕީން ބުނެފައިވަނީ އެ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ، އެމްޑީޕީގެ ސްލޮޓުތަކުގައި ސިޔާސީ ވަޒީފާތަކުގައި ތިބި ފަރާތްތަކުން ޕާޓީން ވަކިވުމުން ވަޒީފާތަކުން ވަކިކޮށްދޭން ޕާޓިން އެދިގެން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.