ރިޔާސީ އިންތިޚާބުގެ ކޯލިޝަން ބައިވެރިންނާ ރައީސް ބައްދަލު ކުރައްވައިފި

ރިޔާސީ އިންތިޚާބުގެ ކޯލިޝަން ބައިވެރިންނާ ރައީސް ބައްދަލު ކުރައްވައިފި

Author
ހުސެއިން
15 ޖޫން 2023 05:56
0

ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކާއި ރައީސް ސާލިހު ބައްދަލު ކުރައްވައިފިއެވެ. މުލިއާ ގޭގައި މިއަދު އޮތް މި ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް ޝޭޚް އިމްރާންގެ އިތުރުން އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ އިސް ބޭފުޅުންވެސް ވަނީ ބައިވެރި ވެފައެވެ.

ރައީސް ސާލިހުގެ ސަރުކާރުގައި ބައިވެރިވާ ޕާޓީތަކުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމަށް ނިންމާފައިވަނީ އަދާލަތު ޕާޓީން އެކަންޏެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރުމަށް ނިންމާފައިވާއިރު، އެމްއާރުއެމްއިން އަދިވެސް ވަކިގޮތެއް ނިންމާފައެއް ނުވެއެވެ. އިލެކްޝަންސް ކޮމިޝަނުން ދާދިފަހުން އެޕާޓީން އުވާލުމަށް ނިންމުމާއި ގުޅިގެން މައްސަލަ މިހާރުވަނީ ކޯޓު މަރުހަލާގައެވެ.

އޭގެ އިތުރަށް، އެމްޑީޕީން މިހާރު ވަކިވެފައިވާ، އެޕާޓީގެ ރައީސް ނަޝީދުގެ ފެކްޝަނުން މިހާރުދަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ޕާޓީއެއް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

ކޯލިޝަންއަކާއެކު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައިވާ ރައީސް ސާލިހުގެ ރިޔާސީ ކެމްޕޭން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅުއެވެ. ރައީސް ސާލިހު ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އެއްވެސް ވަކި ފަރުދަކަށް ކާމިޔާބު ކުރެވޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެހެންކަމުން ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމަށް އިދިކޮޅު ޕީޕީއެމް ފިޔަވާ އެހެން ހުރިހާ ޕާޓީތަކަށްވެސް ރައީސް ސާލިހުވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހާކާލި
ހާދަހާމާޔޫސްގުރޫޕެއްގެެ ގޮތުގައޭފެންނަނީީ ހަމަކަމެއްނެތީތަަ ތިހާވަދުގޮތަކައްް ސަލާމެއްނުކުރެވޭނެެ ހީވާކަހަލަަ މީހަމަފެނިލުމެކޭޭ ޗަސްބެއްނެތްް އަދިި ތިކަމެއްވެދާނެގޮތެއްފެންނާކައްނެތްް ތިފެންނަނީީ ތާއީދުގެއްލިި މާޔޫސްވެގޮތްހުސްވެފަތިބޭޭ ކުދިންކޮޅެއްް ސިޔާސީގޮތުންް އާރެއްހުރިި އެއްޗެއްނުފެނޭޭ ހުސްޅޮސްބުރިތަކެއްގެެ ގޮތައްފެންނަނީީ