އަންނިގެ ވެރިކަމުގަ މުލިއާގޭގެ ހާލަތު އެންމެނަށްވެސް އެނގޭ: ރޮޒޭނާ

އަންނިގެ ވެރިކަމުގަ މުލިއާގޭގެ ހާލަތު އެންމެނަށްވެސް އެނގޭ: ރޮޒޭނާ

Author
މުޙައްމަދު ޝަޒައިމް
15 ޖޫން 2023 10:34
0

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ދިރިއުޅުއްވި މުލިއާގޭގެ ހާލަތު އެންމެނަށްވެސް އެނގޭކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިއުމަށް ހުރަސް އަޅައި، މަޖިލިސް ހުއްޓުވާފައިވާތީ ކަންބޮޑުވުން ފާޅުކޮށް ރޮޒޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ނަޝީދާއި، އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންގެ ނުރުހުން އަމާޒުވާ އެންމެ ބޮޑު ސަބަބަކީ ރައީސް ޞާލިހު އެމީހުން ބުނާހާ ގޮތެއް ނެހެދުންކަމަށެވެ.

ރައީސް ނަޝީދާއި، ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ބޭނުންފުޅުވަނީ، ރައީސް ޞާލިހުގެ ވެރިކަމުގައިވެސް ނަޝީދުގެ ވެރިކަމުގައި ކަންކަން ހިނގިގޮތަށް ހިނގަންކަމަށެވެ. ނަމަވެސް ރައީސް ޞާލިހަކީ އެފަދަ ކަންކަމަށް ޖާގަ ދެއްވާ އެއްބާރުލުން ދެއްވާނެ ވެރިއެއް ނޫންކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

މިމީހުންގެ ޕާޓީ ކްލަބްގައި ރައީސް ބައިވެރިނުވެގެން ނޫންތޯ މިހުރިހާ މައްސަލައެއް ނިކުމެގެން މިއުޅެނީ. މީގެއިން އެބައެނގޭ އަލީ އާޒިމް އެކަމާއި ވަރަށް އެބަ ހިތާމަ ކުރައްވާކަން! އަންނިގެ ވެރިކަމުގަ މުލިއާގޭގެ ހާލަތު އެނގޭ އެންމެނަށްވެސް. ބޭނުންވީ މި ވެރިކަމުގަވެސް އެކުޅިވަރު ކުޅެން. އެކަން ނުވި!

– ރޮޒޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުން އަމިއްލަފުޅަށް 2012 ވަނަ އަހަރު ފެބްރުއަރީ 7 ވަނަ ދުވަހު އިސްތިއުފާ ދެއްވިފަހުން ދިރިއުޅުއްވި މުލިއާގެއިން ގިނަ އަދަދެއްގެ ބަނގުރާ ވަނީ ނެރެފައެވެ. އަދި އެތަކެތި ސަލާމަތީ ބާރުތަކުން ވަނީ ނޫސްވެރިންނަށްވެސް ދައްކާފައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ މަސްތުވާތަކެއްޗަށް ހިތްވަރު ލިބިދޭގޮތަށްވެސް އެކި ފޯރަމްތަކުގައި ވާހަކަ ދައްކަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބިރުބޮދު
އަންނިދުވަސްވަރު މުލީއާގެ ހާލަތަކީ ބަނގުރަލާ މަސތުވާތަކެތި ފާހިޝް އަމަލުތަށް ހިންގާ މާސިންގާ ބޮޑު ޖަގަހަ އަކަށްވެފާ ވަރަށް ވަރަށް ސާފް އިނގޭތޯ