އަފީފަށް އައި ކޯލަކާއިއެކު ވިދާޅުވީ އާދެ، މި ޖަލްސާ މި ނިންމާލަނީ ކަމަށް!

އަފީފަށް އައި ކޯލަކާއިއެކު ވިދާޅުވީ އާދެ، މި ޖަލްސާ މި ނިންމާލަނީ ކަމަށް!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކޮޅެއްގައި ނުޖެހި ނިންމާލައިފިއެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ރައީސް މުހައްމަދު ނަޝީދާއާއި ނާއިބު ރައީސް އީވާ އުޒުރުވެރިވެފައިވާތީ "މަރުތަޅު" އެޅިފައި އޮއްވައި މިއަދު މިއަދު ރައީސް ނަޝީދު ރިޔާސަތު ބަލަހައްޓަން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީީފް ހަމަޖެއްސެވުމުން ރިޔާސަތު ބަލަހައްޓަވަން ފެށީ އަފީފްއެވެ.

މަޖިލިސް އެންމެ ހަލަބޮލިވި ވަގުތު، ރިޔާސަތުގައި އިންނެވި އަފީފަށް ފޯނު ކޯލެއް އައި މަންޒަރު ލައިވްކޮށް ބްރޯޑްކާސްޓް ކުރި ޖަލްސާ އަށް ފެނުނެވެ. އަދި މައިކު ކަނޑާ ނުލައި ހުރުމުން އޭނާ ފޯނުން ދެއްކެވި ވާހަކަ ވަރަށް ސާފުކޮށް އަޑު އިވުނެވެ.

މަޖިލިސް އެންމެ ހަލަބޮލިވި ވަގުތު، ރިޔާސަތުގައި އިންނެވި އަފީފަށް ފޯނު ކޯލެއް އައި މަންޒަރު ލައިވްކޮށް ބްރޯޑްކާސްޓް ކުރި ޖަލްސާ އަށް ފެނުނެވެ. އަދި މައިކު ކަނޑާ ނުލައި ހުރުމުން އޭނާ ފޯނުން ދެއްކެވި ވާހަކަ ވަރަށް ސާފުކޮށް އަޑު އިވުނެވެ. ފޯނު ނެގި ގޮތަށް ފުރަތަމަ ވެސް އަފީފް ވިދާޅުވީ "އާދެ މި ނިންމާލަނީ" ކަމަށެވެ.

އާދެ… މި ނިންމާލަނީ. ނިންމާލަން މި އުޅެނީ.

– އަފީފު ފޯނު ބާއްވަމުން ވިދާޅުވިއެވެ.

ފޯނު ކުރީ ކާކު ކަމެއް ސާފެއް ނުވެ އެވެ. އެހެން ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތު ކުރައްވާ ގޮތުގައި ޖަލްސާ ހުއްޓާލަން އިރުޝާދު ދެއްވީ މި ވަގުތު ކުޅުދުއްފުށީގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް އެކަން ކަށަވަރެއް ނުކުރެވެއެވެ.

މަޖިލީހުގެ ތަޅުމުގައި ފޯނު ބޭނުން ކުރުމަކީ މަނާ ކަމެކެވެ. ފޯނު ބޭއްވި ގޮތަށް އަފީފު ވިދާޅުވީ މަޖިލީހުގެ ނިޒާމް ގެއްލިފައިވާތީ ޖަލްސާ ކުރިޔަށް ގެންދެވެން ނެތް ކަމަށެވެ. އެއަށް ފަހު ދެން ޖަލްސާ އެއް އޮންނާނީ އަންނަ ހޯމަ ދުވަހުކަން އިއުލާން ކުރައްވައި އަފީފް ޖަލްސާ ނިންމާލިއެވެ.

މަޖިލީހުގައި މިއަދު އެންމެ ގަދައަށް އަޑުގަދަ ކޮށް އިހުތިޖާޖު ކޮށްފައި ވަނީ ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަވަން މަސައްކަތް ކުރައްވާ ކުރީގެ އެމްޑީޕީ މެންބަރުންނެވެ. އަފީފް އަކީ ވެސް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *