ރާއްޖެއިން އިތުރު 21 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ 18:00އިން ފެށިގެން މިއަދު 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 20 މީހުންނެވެ. އަދި އަތޮޅުތެރެއިން ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެކެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 13070 އަށް އަރާފައެވެ.
ރޭ އިރުއޮއްސި 18:00އިން މިރޭގެ އިރުއޮއްސި 18:00 އާއި ހަމައަށް ބަލިން ރަނގަޅުވެފައި ވަނީ 33 މީހެކެވެ މިއާއިއެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ 12،000 އަށްވުރެ މައްޗަށް އަރާފައެވެ. މިއަދު ރަނގަޅުވި 33 މީހުންނާއިއެކު ރާއްޖެއިން ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ 12001 އަށް ވަނީ އަރާފައެވެ. ކޯވިޑް-19ގެ ބަލިމީހުންގެ ގޮތުގައި މިވަގުތު ރާއްޖޭގައި ތިބީ 1015 މީހުންނެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 91 މީހަކަށެވެ. ރާއްޖޭގައި ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1862 ސާމްޕަލާއިއެކު މިހާތަނަށް 248،153 ސާމްޕަލެއް ވަނީ ނަގާފައެވެ.
ރާއްޖެއިން މި ބަލާިގައި މިހާރު ވަނީ 47 މީހަކު ނިޔާވެފައެވެ.
ކޮމެންޓު ފޮނުވާ