ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރުގެ މަގާމުގައި ހުންނެވި އާދަމް ނަސީރު މާލޭގެ ގެސްޓު ހައުސްއަކުން ފުލުހުން މިރޭ ހައްޔަރު ކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި މާލޭގެ ގެސްޓު ހައުސްއެއްގެ ތެރެއިން ފުލުހުން އޭނާ ހައްޔަރު ކޮށްގެން ފުލުހުންގެ ކާރަކަށް އެރުވިއިރު އޭނާ ހުރީ މޫނުގައި ޑަސްބިން ކޮތަޅެއް އަޅުވައިގެންނެވެ.
އަދި ހަމަ އެ ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން އޭނާ އެރުވި ކާރަށް އޭނާއަށްވުރެ ކުރިންވަނީ ހަމަ އެ ގެސްޓު ހައުސްއިން އަންހެނަކު ނެރެގެން އަރުވާފައެވެ. އެހެންނަމަވެސް އަންހެން މީހާ ކާރަށް އެރުވިއިރު މޫނު ފޮރުވާފައެއް ނުވެއެވެ.
HA.Atoll hospital gr manager @aadanu_mv guest house akun nere fuluhunge belumuge dhashah gendhanee. Anhen meehaa nerunee moonu nivainukon. Naseer nerunee moonugai plastic kothalheh alhuvaafa.. pic.twitter.com/RaYUYDT45R
— Shifxan A. Rasheed (@ShifxanAR) June 13, 2023
އާދަމް ނަސީރަކީ، ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިސްގެ ސްޓޭޓް މިނިސްޓަރުގެ ނާއިބުކަން ކޮށްފައިވާ މީހެކެވެ. އެއަށްފަހު ރައީސް ޔާމިންގެ ވެރިކަމުގެ ފަހުކޮޅު ހުޅުމާލޭ ހޮސްޕިޓަލުގައި އޭނާ މަސައްކަތް ކޮށްފައިވެއެވެ. އެހެންނަމަވެސް އެ ހޮސްޕިޓަލުންވެސް އޭނާ ވަކިކުރީ މައްސަލަތަކެއް ޖެހިގެންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އާދަމް ނަސީރު އާއެކު ހައްޔަރު ކުރި އަންހެން މީހާއަކީ މީހަކާއި ކައިވެނި ކޮށްގެން އުޅޭ އަންހެނެކެވެ. އަދި އަންހެން މީހާއަކީ ހަމަ އެ ހޮސްޕިޓަލުގެ ނަރުހުންގެ އިންޗާޖުކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ފުލުހުން ބުނެފައިވަނީ ލިބުނު ޝަކުވާއަކާއި ގުޅިގެން ސުވާލު ކުރުމަށް، ގެސްޓް ހައުސް އަކުން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހޮސްޕިޓަލުގައި ކުރިން ހުރި މެނޭޖަރުވެސް މަގާމުން ވަކި ކޮށްފައިވަނީ ބަދުއަޚްލާގީ މައްސަލައެއްގައެވެ.
ކޮމެންޓު ފޮނުވާ