ގަދަރް 2″ގެ ފުރަތަމަ ޓީޒާ ނެރެފި

ގަދަރް 2″ގެ ފުރަތަމަ ޓީޒާ ނެރެފި

ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ތާރާ ސިންގް އާއި ސަކީނާ އަލީގެ ގޮތުގައި އެނބުރި އަންނަ 'ގަދަރް 2’ގެ ފުރަތަމަ ޓީޒާ ނެރެފި އެވެ. މި ފިލްމް އަކީ ސަނީ އާއި އެކުގައި ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ގައި ގެނެސްދިން "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ.

ރޮމޭންޓިކް ޕީރިއަޑް ޑްރާމާ "ގަދަރް" އަކީ ގިނަ އެވޯޑްތަކެއް ވެސް ހޯދި ކާމިޔާބު ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދީފައިވަނީ ގެއްލިފައިވާ ލޯބިވާ އަނބިމީހާ ހޯދުމަށް ކުރާ ދަތުރުގައި ދިމާވާ ހާދިސާތަކެކެވެ.

މިފިލްމް ގެ ޓީޒީ އެއް މިހާރު ވަނީ އާންމު ކޮށްފައިއެވެ. މީގެ ފުރަތަމަ ޓީޒާ ނިއުޅެމުން ދާއިރުގައި ފެންނިގެންދަނީ އޮރިޖިނަލް ފިލްމުގައި ގެނެސްދިން ވާހަކައިގެ އަހަރުތަކެއް ފަހެވެ.

ސީކުލް ގައިވެސް ލީޑުން ސަނީ އާއި އެކުގައި އަމީޝާ ފެނިގެންދާއިރުގައި މި ފިލްމްގެ ވާހަކަ އެނބުރެނީ ދަރިފުޅާއި ބައްޕައެއްގެ މެދުގައިވާ ލޯބީގެ މައްޗަށެވެ. "ގަދަރް-2″ ގައި ފެނިގެންދާނީ ލޯބިވާ ދަރިފުޅު ހޯދުމަށް ބައްޕައަކު ކުރާ މަސައްކަތެވެ.

އެގޮތުން ދަރިފުޅު ހޯދުމަށް ޕާކިސްތާނަށް ގޮސް އެނބުރި ދަރިފުޅު ގޮވައިގެން އަންނައިރު ދިމާވާ ކަންތަށްތަކެއް މި ފިލްމުން ދައްކުވައިދޭނެކަމަށް ފިލްމްގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މި ފިލްމުންވެސް ފެނިގެން ދާނީ ސަނީ ޑިއޯލް އަދި ސަނީގެ ދަރިފުޅުގެ ރޯލު ފުރަތަމަ ފިލްމުގައި ވެސް އަދާކުރި އުތުކަރުޝް ޝަރްމާއެވެ. 'ގަދަރް 2′ ނެރޭނީ އިންޑިއާގެ މިނިވަން ދުވަހާ ކައިރިކޮށް 11 އޮގަސްޓުގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *