ކޮތަޅުން ނަގާ ފީން ދައުލަތަށް މިހާތަނަށް މިލިއަނަކަށްވުރެ ބޮޑު އާމްދަނީއެއް

ކޮތަޅުން ނަގާ ފީން ދައުލަތަށް މިހާތަނަށް މިލިއަނަކަށްވުރެ ބޮޑު އާމްދަނީއެއް

Author
ހުސެއިން
13 ޖޫން 2023 07:24
0

ޕްލާސްޓިކް ކޮތަޅުން ނަގަންފަށާފައިވާ ފީން މިހާތަނަށް ދައުލަތަށް 1.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިގޮތުން މީރާއިން އާންމު ކޮށްފައިވާ، ޓެކުހާއި އަދި ޓެކްސް ނޫން އާމްދަނީން ދައުލަތަށް ލިބިފައިވާ އާމްދަނީއަށް ބަލާއިރު، ފާއިތުވި އެޕްރިލްމަހުގެ 18ވަނަ ދުވަހުން ފެށިގެން، ޕޮއިންޓް އޮފް ސޭލްތަކުން ވިއްކާ ޕްލާސްޓިކު ކޮތަޅަށް ނަގަން ފަށާފައިވާ 2 ރުފިޔާގެ ފީއިން ފާއިތުވެދިޔަ މަހު ދައުލަަތަށް 1،177،904 ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

ޕްލާސްޓިކު ކޮތަޅުން ދައުލަތަށް މިހާތަނަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، ސަރުކާރުން ކުރިން ބުނެފައިވަނީ މި ފީއަކީ ދައުލަތަށް އާމްދަނީ އިތުރުމަށް ބަރޯސާކޮށްގެން ނަގާ ފީއަކަށްވުރެ ބޮޑަށް ޕްލާސްޓިކު ކޮތަޅު ބޭނުން ކުރުން މަދުކުރުމަށް އަމާޒުކޮށްގެން ނަގަމުންދާ ފީއެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.