އަފީފުގެ ގަޔަށާއި، ޑިކޮމްރެޓްސް ހަރުގެއަށް ކަޅުތެޔޮ ޖަހައިފި

އަފީފުގެ ގަޔަށާއި، ޑިކޮމްރެޓްސް ހަރުގެއަށް ކަޅުތެޔޮ ޖަހައިފި

Author
މުޙައްމަދު ޝަޒައިމް
12 ޖޫން 2023 10:32
0

ރައްޔިތުންގެ މަޖިލީހުގެ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފުގެ ގަޔަށާއި، ރައީސް ނަޝީދު އިސްކޮށް ހުންވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސްގެ މައި ހަރުގެއަށް ކަޅު ތެޔޮ ޖަހަައިފިއެވެ.

ކަޅު ތެޔޮ ޖަހާފައިވަނީ މީގެ އިރިކޮޅެއް ކުރިން ހެންވޭރުކޮޅު އާރޓްފިޝަލް ބީޗު ކުރިމަތީގައި ހުންނަ އެމްޑީޕީގެ ކުރީގެ މައި ހަރުގެ، އަދި މިހާރުގެ ދަ ޑިމޮކްރެޓްސްގެ ހަރުގެކައިރީގައި ތިއްބަ ސައިކަލުގައި ދިޔަ ބަޔަކުއެވެ. މިހާދިސާގައި މެމްބަރު އަފީފްގެ ގަޔަށް ވަރަށް ބޮޑަށް ކަޅު ތެޔޮ ހުރީ ބުރައިގެން ގޮސްފައެވެ.

އަދި އޭނާގެ ކައިރީގައި ތިބި މީހުންގެ ގަޔަސްވެސް ވަނީ ވަރަށް ބޮޑަށް ކަޅުތެޔޮ ބުރައިގެން ގޮސްފައެވެ. މީހުންގެ ގަޔަށް ކަޅު ތެޔޮ ޖެހުމުގެ އިތުރުން ދަ ޑިމޮކްރެޓްސް އިން އެތާގައި ބަހައްޓާފައިވާ ފޮޓޯއަށްވެސް ވަނީ ކަޅު ތެޔޮ ޖަހާފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ކޮތަޅޭމެންގެ ކޮތަޅުތަކުން ކިތަންމެ ކަޅު ތެލެއް ޖެހިޔަސް ނުސިހޭނެ ކަމަށެވެ. އަދި މިއީ ވަރަށް ފިޑި ދަށު ދަރައިޖެ ޢަމަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.

އެމްޑީޕީގެ ތެރޭގައި އިފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއިއެކު މަޖިލީހުގައި ހިމެނޭ ރައީސް ނަޝީދަށް ތާއީދު ކުރާ 12 މެމްބަރުންނަކީ އެމްޑީޕީގެ ރައީސް ޞާލިހަށް ތާއީދުކުރާ ގިނަ މެމްބަރުން ވަރަށް ނަފްތަރު ކުރާ މެމްބަރުންނަށް ވަނީ ވެފައެވެ. ސަބަބަކީ މަޖިލިސް ތެރެއިންވެސް މިސަރިކާރަށް އެންމެ ބޮޑަށް ފާޑުކިޔައި ޖެއްސުން ކުރަނީ އެމެމްބަރުންނަށް ކަމަށް ވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަޙްމަދު
ބަޔެއް އިސްތިހާރުވާން އަމިއްލަޔަށް ރާވައިގެން އަސްތިހާރު ހަދަންފެޝީދޯ
ކ ކަޅޭ
ތިއޮތީ އަމއްލަ ޕާޓީގެ މީހުނަށް ކޮށްލާވަރު ،ދެން ރޔާމީނަށް ކުރާނީ ކންފަދަ އަނިޔާއެއް ޖައްސާނީ ކޮނފަދަ މުސީބާތެއް!؟