ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 90 އިންސައްތަ މިހާރު ފުރިހަމަވެފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ހާބަރ ފުންކުރުމާއި ޝީޓް ޕައިލިނގް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ސައިޓުގައި މިހާރު ކުރިއަށްދަނީ ޕެނެލް ހަރުކުރުމުގެ މަސައްކަތްކަމަށްވެސް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ.
މި މަޝްރޫއުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ އެއްގަމުތޮށި ލުމާއި، 123.9 މީޓަރުގެ ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓު ފޮނުވާ