ޖޭޕީން އިންތިޚާބު ކާމިޔާބު ކުރާނީ ރައްޔިތުންގެ ތާއީދާއިއެކު، ފުރިހަމަ ޢައުލަބިއްޔަތަކުން: އިލްހާމް

ޖޭޕީން އިންތިޚާބު ކާމިޔާބު ކުރާނީ ރައްޔިތުންގެ ތާއީދާއިއެކު، ފުރިހަމަ ޢައުލަބިއްޔަތަކުން: އިލްހާމް

Author
މުޙައްމަދު ޝަޒައިމް
10 ޖޫން 2023 01:41
0

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީއިން ކާމިޔާބު ކުރާނީ ރައްޔިތުންގެ ފުރިހަމަ ތާއީދާއި، ފުރިހަމަ އަޣުލަބިއްޔަތަކުން ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓު އެރުވުމަށާއި ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވުނު ރަސްމިއްޔާތު ކާމިޔާބު ކަމާއިއެކު ނިންމާލެވިފައިވާކަން ފާހަގަކުރައްވައި އެބައްދަލުވުމަށް ވަޑައިގެންނެވި މީހުންނަށް ޝުކުރު ދަންނަވައި ކުރެއްވި ޓުވީޓެއްގައެވެ.

އިލްހާމް ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ރޭގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އެންމެހައި ބޭފުޅުންނަށް އޭނާގެ އަމިއްލަ ނަމުގައާއި ޖުމްހޫރީ ޕާޓީގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.

އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ފަސްއެނބުރި ބަލާނެ ޕާޓީއެއް ނޫންކަމަށެވެ. އެޕާޓީން މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލަނީ ރައްޔިތުންގެ ބޮޑު ތާއީދަކާއިއެކު ރައްޔިތުންގެ ސާފު ޢައުލަބިއްޔަތު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އޮތުމުންކަމަށެވެ. ޖޭޕީއަކީ ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމާއި އަދުލުވެރިކަން ގާއިމްކުރާނެ އިންސާފަށް ލޯބިކުރާ ޕާޓީއެއް ކަަމަށް އިލްހާމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީ ދާނީ ފަސްބެލުމެއްނެތި، ފާޑުކިޔުންތައް ބަލައިގަންނަމުން، މާޔޫސްވުމެއްނެތި ކުރިޔަށް. މާތް ރަސްކަލާންގެ ހެޔޮ ރަޙުމަތާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީ އިން ކާމިޔާބު ކުރާނީ ރައްޔިތުންގެ ފުރިހަމަ ތާއީދާއި، ފުރިހަމަ އަޣުލަބިއްޔަތަކުން. ޖުމްހޫރީ ޕާޓީއާއި ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ވަކި ކުލައަކަށް، ވަކި ފިކުރަކަށް، ވަކި ވިސްނުމަކަށް، ވަކި ޕާޓީއެއް ބެލުމެއްނެތި އެންމެންނަށް ފުރުޞަތުދޭނެ ޕާޓީއެއް.

– އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވެވަޑައިގަންނަވާ ވަޢުދުތަކަކީ އަކުރުން އަކުރަށް ފުރިހަމަ ކުރެވިގެންދާނެ ވަޢުދުތަކެއް ކަމަށެވެ. ޤާސިމަށް ޖޭޕީގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ އެކަމަށްޓަކާ އަލިމަސް ކާނިވާ ސަރަޙައްދުގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައެވެ. ޖޭޕީގެ ރިޔާސީ ޓިކެޓު ޕާޓީގެ ލީޑަރަށް އަރުވާފައި މިވަނީ ޖޭޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލި ފުރުޞަތުގައި ޤާސިމް ފިޔަވާ އިތުރު ބޭފުޅަކު ވާދަކުރައްވާފައި ނުވާތީއެވެ. ރޭގެ ހަފްލާގައި ޤާސިމް ވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ޚުލާސާއެއް ހިއްސާ ކުރައްވާފައެވެ.

މި ޖަލްސާގައި ޕާޓީގެ ރިޔާސީ ޓިކެޓް ޤާސިމަށް އެރުވުމަށްފަހު، ޖުމްހޫރީ ޕާޓީން ވަނީ އެޕާޓީގެ ރިޔާސީ ކެމްޕޭންވެސް ވަނީ ރަސްމީކޮށް ލޯންޗްކޮށްފައެވެ. އެގޮތުން ކެމްޕޭންގެ ސްލޯގަން ކަމުގައިވާ "ހާސްކަނޑާލާ، ހަމަޖެހޭނެ" އާއި ކެމްޕޭންގެ ރަސްމީ ލަވަ މި ޖަލްސާގައި ވަނީ އިފްތިތާޙްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިއްބެ
އިލްހާމަކީ އަބަދުވެސް ވަރައް އަނގަ ފޮނިކޮށް ވާހަކަ ދައްކާ މީހެއް އޭނާ ބޭނުންވާނީ ޤާސިމުއަތުން ބޮޑުމުސާރަ އަބަދުވެސަ ލިބުން