އެމްޑީޕިއާއި ޕީޕީއެމްގެ ތަޖުރިބާ ކުރެވިއްޖެ، މިފަހަރު ޖުމުހޫރީ ފިކުރަށް ފުރުސަތު ދެއްވާ: ގާސިމް

އެމްޑީޕިއާއި ޕީޕީއެމްގެ ތަޖުރިބާ ކުރެވިއްޖެ، މިފަހަރު ޖުމުހޫރީ ފިކުރަށް ފުރުސަތު ދެއްވާ: ގާސިމް

ގުޅުންހުރި

ރައްޔިތުންނަށް މިހާރު އެމްޑީޕީއާއި ޕީޕީއެމްވެސް ތަޖުރިބާ ކުރެވިއްޖެ ކަމަށާއި މިހާރު ތަޖުރިބާ ނުކުރެވި އޮތީ ޖުމުހޫރީ ފިކުުރު ކަމުގައި ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ ރިޔާސީ ޓިކެޓާއި މިރޭ ހަވާލުވުމަށްފަހު، އެޕާޓީގެ މެމްބަރުންނާ މުޚާތަބްކޮށް ވާހަކައްދަވަމުން ގާސިމް އިބުރާހިމް ވިދާޅުވީ ޖޭޕީގެ ފިކުރަކީ ރީފޯމިސްޓުންގެ ފިކުރު ކަމަށާއި، އެއީ ރައްޔިތުން ސަލާމަތާއި ތަމައްދުނުގެ ފިކުރު ކަމަށެވެ. އަދި މިފަހަރު ޖުމުހޫރީ ފިކުރަށް ފުރުސަތު ދެއްވުމަށް ގާސިމްވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

މިގޮތުން ޖުމުހޫރީ ފިކުރަށް ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ، ރައްޔިތުންގެ އުދާސްތަކަށް ހައްލު ހޯދާ ދެވޭނެވަރުގެ މެނިފެސްޓޯއެއް އެކުލަވާލައްވާފައިވާކަން ފާހަގަ ކުރައްވަމުން ގާސިމްވަނީ އެ މެނިފެސްޓޯގެ މައިގަޑު އަސާސްތަކަށް އަލި އަޅުއްވާލައްވާފައެވެ.

އަދި ގާސިމްވަނީ އެނާގެ ވެރިކަމުގައި ޒައްރެއްގެ މިންވަރުވެސް ގެއްލިގެންދިޔަ ނުދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި އިޓްލޮސްގެ ހުކުމުން ގެއްލިގެން ދިޔަ ބައި ހޯއްދެވުމަށް، ބައިނަލްއަގުވާމީ އެކްސްޕާޓުންގެ އެހީގައި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފައްޓަވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

ޖުމުހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް މިރޭ ބޭއްވި ޖަލްސާގައިވަނީ ޖުމުހޫރީ ޕާޓީގެ ކެމްޕޭން ލަވައާއި އަދި ރިޔާސީ ކެމްޕޭންގެ ރަސްމީ ޝިއާރުވެސް އިއުލާން ކޮށްފައެވެ. ގާއިމްގެ މިއަހަރުގެ ރިޔާސީ ކެމްޕޭންގެ ޝިއާރަކަށް ހައްދަވާފައިވަނީ، "ހާސް ކަނޑާލާ، ހަމަޖެހޭނެ، ކުރިޔަށް ދިވެހި ގައުމު" މިޝިއާރެވެ. ރިޔާސީ ޓިކެޓާއި ހަވާލު ވުމަށްފަހު ގާސިމް އިބުރާހިމްވަނީ ޕާޓީގެ މެމްބަރުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ.

މިގޮތުން ޖުމުހޫރީ ފިކުރަށް ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ، ރައްޔިތުންގެ އުދާސްތަކަށް ހައްލު ހޯދާ ދެވޭނެވަރުގެ މެނިފެސްޓޯއެއް އެކުލަވާލައްވާފައިވާކަން ފާހަގަ ކުރައްވަމުން ގާސިމްވަނީ އެ މެނިފެސްޓޯގެ މައިގަޑު އަސާސްތަކަށް އަލި އަޅުއްވާލައްވާފައެވެ.

އަދި ގާސިމްވަނީ އެނާގެ ވެރިކަމުގައި ޒައްރެއްގެ މިންވަރުވެސް ގެއްލިގެންދިޔަ ނުދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި އިޓްލޮސްގެ ހުކުމުން ގެއްލިގެން ދިޔަ ބައި ހޯއްދެވުމަށް، ބައިނަލްއަގުވާމީ އެކްސްޕާޓުންގެ އެހީގައި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފައްޓަވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

އޭގެ އިތުރަށް ގާސިމް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 3 އަހަރު ތެރޭ ދައުލަތުގެ ދަރަނި 120 އިންސައްތައިން 90 އިންސައްތައަށް ދަށް ކޮށްދެއްވާނެ ކަމުގައެވެ. އަދި ދައުލަތުގެ ޚަރަދު ޖީޑީޕީގެ ނިސްބަރުން 30 އިންސައްތައަށް ދަށްކޮށް، އާމްދަނީ 30 އިންސައްތަ މަތިކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ