މަޖިލީޙުގެ ކޮމެޓީތަކަށް ބަދަލު ގެނައުމުގެ މަޝްވަރާ ބައްދަލުމެއް ކުރިއަށް

މަޖިލީޙުގެ ކޮމެޓީތަކަށް ބަދަލު ގެނައުމުގެ މަޝްވަރާ ބައްދަލުމެއް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
08 ޖޫން 2023 11:21
0

ރައްޔިތުންގެ މަޖިލީހުގެ ދައިމީ ކޮމެޓީތަކަށް ބަދަލު ގެނައުމަށްޓަކައި، ސިޔާސީ ޕާޓީތަކާއިއެކު ބައްދަލުވުމެއް ފެށިއްޖެއެވެ.

މަޖިލީހުގެ އިދާރާގައި އޮތް މިބައްދަލުވުން ފަށާފައިވަނީ މިއަދު 11 ޖެހިއިރުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިބައްދަލުމުގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި، މިނިވަން މެމްބަރުންގެ ތެރެއިންވެސް ބައެއް ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މިބައްދަލުވުމުގައި، ކޮމެޓީތައް އެކުލަވާލުމާއި ގުޅޭގޮތުން ގޮތްތަކެއް ނިމިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ބައްދަލުވުމުގައި ބައިވެރިވި މެމްބަރަކު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 12 މެމްބަރަކު އެޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން މަޖިލީހުގެ މެމްބަރުންގެ ދަފްތަރަށް އައި ބަދަލާއެކު، ކޮމެޓީތަކަށް ބަދަލުގެންނަވަން ކުރެވުނު މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނުގެނެވި ދިގުލައިގެން ގޮސްފައެވެ. އަދި އެދަނޑިވަޅުގައި މިނިވަން މެމްބަރަކަށް ހުންނެވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދުވެސް ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ.

ކޮމެޓީތަކަށް ބަދަލު ގެނަން ޖެހުނީ މި 13 މެމްބަރުންގެ ތަމްސީލް ކުރާ ގޮތަށް އައި ބަދަލާއި ގުޅިގެންނެވެ. އެމްޑީޕީގެ 12 މެމްބަރަކު ޕާޓީން ވަކިވެވަޑައިގަތުމާއެކު މަޖިލީހުގައި ހިމެނޭ ޕާޓީތަކާއި މިނިވަން މެމްބަރުންގެ ޢަދަދުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.

މަޖިލީހުގެ މެންބަރުން ތަމްސީލްވާގޮތް:

* އެމްޑީޕީ 56 މެމްބަރުން
* ޕީޕީއެމް 5 މެމްބަރުން
* ޕީއެންސީ 3 މެމްބަރުން
* އެމްއެންޕީ 3 މެމްބަރުން
* ޖުމްހޫރީ ޕާޓީ 2 މެމްބަރުން
* އެމްޑީއޭ 2 މެމްބަރުން
* މިނިވަން 16 މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދަފްތަރަށް އައި ބަދަލާއެކު މަޖިލީހުގެ ތަޅުމުގައި މެމްބަރުން ބަހުސްކުރައްވާ ވަގުތުތަކަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އަދި މިހާރު އެމްޑީޕީން ވަކިވެވަޑައިގެންނެވި 12 މެމްބަރުން މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ މިނިވަން މެމްބަރުންގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.