ވަކި ފަރުދަކަށް ދޭ އެހީއަކުން އެކަނި، ހުރިހާ ރައްޔިތުން ދިރުއުޅުން ރަގަޅެއް ނުކުރެވޭނެ: ސައުދު

ވަކި ފަރުދަކަށް ދޭ އެހީއަކުން އެކަނި، ހުރިހާ ރައްޔިތުން ދިރުއުޅުން ރަގަޅެއް ނުކުރެވޭނެ: ސައުދު

Author
ހުސެއިން
08 ޖޫން 2023 09:18
0

ވަކިވަކި ފަރުދުންނަށް ފޯރުކޮށްދޭ އެހީތެރިކަމުން، މުޅި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ނުގެނެވޭނެކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަގަޅު ކޮށްދެވޭނެ ހަމައެކަނި ބޭފުޅަކީ ގާސިމް އިބުރާހިމްކަމަށް ވިދާޅުވެ ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބުރާހިމް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

ސައުދުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، މިސަރުކާރަށް އުފުލާން ޖެހިފައިވާ ހުރިހާ ބުރައެއްވެސް އުފުލާން ޖެހިފައިވަނީ ސަރުކާރުގެ ސްލޮޓްތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުންގެ ސަބަބުން ކަމުގައެވެ. އޭނާ ވިދާޅުވީ، މިގޮތުން ބައެއް ފަރާތްތަކަށް އަދިވެސް ކޯވިޑްގެ ކާރިސާ ނިމުމަކަށް އައިސްފައި ނުވާކަމުގައެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމުހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވަނީ ކުރިމަތި ލައްވާފައެވެ. އަދި ގާސިމްއަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ، އާންމު ވަކިވަކި ފަރުދުންނަށް މިހާތަނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވަމުން ގެންދަވާފައިވަނީ ގާސިމް އިބުރާހިމް ކަމަށާއި، އެހެންކަމުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވާފަ ތިއްބެވި ފަރާތްތަކުގެ ތެރެއިން ގައުމުގެ ހާލަތު ރަގަޅު ކުރެވޭނެ ހަމައެކަނި ފަރާތެއްގެ ގޮތުގައި ހުންނެވި ބޭފުޅަކީ ގާސިމް އިބުރާހިމް ކަމުގައެވެ.

ޖުމުހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމް އިބުރާހިމްއާއި ރަސްމީކޮށް ހަވާލު ކުރުމަށް ހަމެޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.