މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ކަމަށާއި އެހެންނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން އިދިކޮޅުން މަޝްވަރާ ކުރަން ބޭނުންވަނީ ޔާމިން ދޫކޮށްލުމާއި ގުޅޭގޮތުން އެކަނި ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް ވިދާޅުވީ މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމިން ދޫކޮށްލާނަމަ ޖަލުގައި ތިބި އެތައް ބަޔަކު ދޫކޮށްލަން ޖެހޭނެ ކަމުގައެވެ. މިގޮތުން އެންމެން ދޫކޮށްލަން ޖެހޭއިރު އެއީ ދެން ސަރުކާރުން ނިނަމަވާންޖެހޭ ކަމެއް ކަމުގައި ވިދާޅުވަމުން އަސްލަމް ވިދާޅުވީ އެއީ އެހެން ކުރެވެން އޮންނާނެ ކަމެއް ނޫންކަމުގައެވެ. ސަބަބަކީ އެކަމަށް ގާނޫނުތަކާއި ގަވާއިދުތަކެއް ހުރުން ކަމުގައިވެސް އަސްލަމް ވިދާޅުވިއެވެ.
އިސްވެ އަޑުއިވޭ މަޝްވަރާއަކީ ރައީސް ޔާމިން ދޫކޮށްލެއްވުން. އަޅުގަޑު ގަބޫލު ކުރާގޮތުގައި ރައީސް ޔާމިން ދޫކޮށްލާނަމަ ޖަލުތަކުގަޔާއި ބަންދުގައި ހައްޔަރުގައި ތިބި އެތައް ބަޔަކު ދޫކޮށްލަންޖެހޭނެ. އެންމެން ދޫކޮށްލަންޖެހޭނެ. އެހެންވީމަ ވަކި މީހަކު ވަކި ގޮތަކަށް ދޫކޮށްލުމުގެ ނިންމުމަކީ ދެން ސަރުކާރުން ނިންމަވަންޖެހޭ ގޮތް.. ދެން އެހެންނަމަވެސް އެހެނެއް އޮންނަ ކަމެއްނޫން، ގާނޫނުތަކެއް އެބަހުރި، ގަވާއިދުތަކެއް އެބަހުރި.. ގާނޫނާއި ގާވައިދުތަކުގެ ހުދޫދުގެ ތެރެއިން.. ދެން އެބޭފުޅުން އެދިވަޑައިގަންނަވަނީ ރައީސް ޔާމިން ދޫކޮށްލަން ކަމުގަ އަޅުގަޑަށް ފާހަގަ ކުރެވެނީ. ދެން އެހެންވީމަ އެބޭފުޅުންގެ ފަރާތުން އެމަޝްވަރާއަށް ރައީސް ނަޝީދު ނުކުންނެވީތޯވެސް ސުވާލު އުފެދޭ.
މިއަދު އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވިއެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕީޖީގެ 36 މެމްބަރުންގެ ވޯޓާއެކު ނަޝީދު މަޖިލިސް ރިޔާސަތުން ދުރުކުރުމަށް ނިންމާފައިވާ ކަމުގައެވެ.
އަދި މަޖިލިހަށް ވައްދާ ޕެޓިޝަންގައި ސޮއިކުރަން ފެށިތާ މަދުވަގުތު ކޮޅެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ 50 މެމްބަރަކު މިހާރު ސޮއި ކޮށްފައިވާކަމަށްވެސް ބައެއް މެމްބަރުންވަނީ މައުލޫމާތު ދެއްވާފައެވެ. އޭގެ ތެރޭގައި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ