އިންޑިއާގައި ދޭ އެވޯޑް ތަކަކީ ގަނެވޭ އެއްޗެއް: ނަސީރުއްދީން ޝާހް

އިންޑިއާގައި ދޭ އެވޯޑް ތަކަކީ ގަނެވޭ އެއްޗެއް: ނަސީރުއްދީން ޝާހް

Author
ފާތިމަތު ނާވީ
06 ޖޫން 2023 02:02
0

އިންޑިއާގެ ފިލްމީ އެވޯޑްތަކަކަކީ އެެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމަށާއި އެއީ ބޭނުން މީހަކަށް ގަނެވިދާނެ ފަދަ އެވޯޑް ތަކެއް ކަމަށް ބުނި ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ނަސީރުއްދީން ޝާހް ފާޑު ކިޔައިފިއެވެ.

މި ފަހުން އިންޓަވިއު އެއްގައި ވާހަކަ ދައްކަމުން ނަސީރުއްދީ ބުނީ ކޮންމެ ފިލްމް އެއްގައިވެސް ކުޅޭ ރޯލަކީ ވަރަށް ބުރަ އަދި ގިން މަސައްކަތުން ކުޅޭ ރޯލެއް ކަމަށެވެ. އެހެންވީމާ އެހެން މީހަކު މިއީއޭ އަހަރުގެ މޮޅު އެކްޓަރު ކިޔާފައި ވަކި އެކްޓަރަކަށް އެވޯޑެއް ދިނުމަކީ ބުއްދިއަށް ގަބޫލު ކުރެވޭ ކަމެއް ނޫނެވެ.

އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ތަޖުރިބާކާރު އެކްޓަރު ބުނީ ފިލްމީ އެވޯޑްތައް އަގުހުރި އެއްޗަކަށް ނުވާ މައިގަނޑު ސަބަބަކީ ގިނަ އެވޯޑްތަކަކީ އިންސާފުވެރިކަމާ އެކީ ޖަޖްކުރާ އެވޯޑްތަކަކަށް ނުވާތީ ކަމަށެވެ.

 

View this post on Instagram

 

A post shared by Naseeruddin Shah (@naseeruddin49)

މީގެ އިތުރުން އޭނާ ބުނީ އެވޯޑް ލިބުނަސް ފަހުރުވެރި ނުވާ ކަމަށެވެ. އަދި އެންމެ ފަހުން ލިބުނު ދެ އެވޯޑް ބަލާވެސް ނުދާ ކަމަށާއި ލިބުން އެވޯޑް ބަހައްޓައިފައި ހުންނާނީ ފާހަނަގައި ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

"އެވޯޑް ހުންނާނީ ވޮޝްރޫމްގައި. ފާމްހައުސްގެ ވޮޝްރޫމް އަށް ވަންނަ ކޮންމެ މީހަކަށް އެ ދެއެވޯޑް ލިބޭނެ. އަހަރެން އެއްވެސް ވަރަކަށް ފަހުރުވެރިވާ އެވޯޑެއް ނޫންއެއީ"

އިތުރަށް އޭނާ ބުނީ ފިލްމީ ކެރިއަރުގެ ކުރީ ކޮޅުގައި އެވޯޑް ލިބުމުން ވަރަށް އުފާވާ ކަމަށެވެ. ނަމަވެސް މިހާރު އެކަން އޮންނަ ގޮތް އެނގުމުން އުފާ ނުވާ ކަމަށް 72 އަހަރު އެކްޓަރު ވަނީ ބުނެފައިއެވެ.

"އެހުރީ ލިބުން ހުރިހާ އެވޯޑް ތަށް ގޭގަ ފުންޔަކަށް. އެއީ އަހަރެން ފަހުރުވެރިވާ އެއްޗެއް ނޫން މިހާރު. ޖަޖުން ލޯބިވާ ބަޔަކަށް ދޭ އެއްޗެއް އެއީ. އިންސާފުން ލިބޭ އެއްޗެއް ނޫން."

ނަސީރުއްދީން އަކީ ބޮލީވުޑްގެ އެންމެ ހުންރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރެކެވެ. މިހާތަނަށް ގިނަ ފިލްމް ތަކެއް ކުޅެފައިވާ އެކްޓަފރު މިފަހުން ވަނީ "ތާޖް ޑިވައިޑަޑް ބައި ބްލަޑް" ގައި އަކްބަރް ރަސްގެފާނުގެ ރޯލުން ފެނިގެން ގޮސްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.