މާޝަލް އާޓްސްއަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ދަރަޖަ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ މާޝަލް އާޓްސް ސެންޓަރު ހުޅުވުމާއެކު، މާޝަލް އާޓްސްއަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ދަރަޖަ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި ގައުމީ މާޝަލް އާޓްސް ސެންޓަރު ހޯމަ ދުވަހުގެރޭ ހުޅުވިގެންދިޔުމަކީ މާޝަލް އާޓްސްއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށާއި، މި ސެންޓަރުގެ ސަބަބުން މާޝަލް އާޓްސް ކުލާސްތައް ނަގައިދިނުމަށް ފަސޭހަ ވެގެންދާނެއެވެ.
Working with Martial Arts community to form the National Association and to open the National Martial Arts Center in Hulhumale’.??? pic.twitter.com/Q216lxWBGT
— Ahmed Mahloof (@AhmedMahloof) October 6, 2020
މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ކުޅިވަރާ ބެހޭ ވުޒާރާއިން ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމް، މާޝަލް އާޓްސް ދަސްކޮށްދިނުމަށް ދޫކުރިއިރު، އެ އެސޯސިއޭޝަންތަކަށް ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމް ދޫކޮށްފައިވަނީ މިއަހަރުގެ ނިޔަލަށެވެ. އެ އެސޯސިއޭޝަންތަކަށް ޖިމް ދޫކޮށްފައިވަނީ އެއްވެސް އަގެއް ނުނަގައެވެ.