ފޭދޫ އެމްޑީޕީ ޖަގަހަ ރައީސް ހުޅުވައިދެއްވައިފި

ފޭދޫ އެމްޑީޕީ ޖަގަހަ ރައީސް ހުޅުވައިދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
03 ޖޫން 2023 10:19
0

އައްޑު ސިޓީ ފޭދޫގައި ގާއިމްކޮށްފައިވާ އެމްޑީޕީ ޖަގަހަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހުޅުވައިދެއްވައިފިއެވެ.

ރައީސް ސޯލިހް އައްޑޫއަށް ވަޑައިގެންފައިވަނީ ބިން އިތުރުކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އައްޑޫ ސިޓީއަށް ރައީސް ޞާލިހު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޕާޓީގެ ހަރަކާތްތަކަށް ވަނީ ރޭގަނޑުގެ ވަގުތުތައް ހުސް ކުރައްވާފައެވެ. އައްޑޫ ސިޓީގައިި ކުރިއަށް ގެންދާ އިވެންޓުތައް ބޮޑަށް ރާވާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ.

އައްޑޫ ސިޓީ ފޭދޫއަކީ އެމްޑީޕީގެ ސަޕޯޓަރުން ގިނަ އަވަށެކެވެ. ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދާއި އެދާއިރާގެ އެމްޑީޕީގެ ގިނަ އަދަދެެއްގެ ބަޔަކު ވަނީ ބައިވެރިވަފައެވެ. ޖަގަހަ ހުޅުވާ ދެއްވުމަށްފަހު ރައީސް ވަނީ ފޭދޫ އެމްޑީޕީ މެމްބަރުންނާއި ޖަގަހާގައި ބައްދަލު ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު ވާދަކުރައްވާއިރު، އެމަނިކުފާނު ގެންދަވަނީ އައްޑޫ ސިޓީއަށް ޚާއްސަ އިސްކަމެއް ދެއްވައި، އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ރާވަމުންނެވެ. ރިޔާސީ އިންތިޚާބަށް 3 މަސް ދުވަހަށް ވެފައިވާއިރު، އައްޑޫ ސިޓީއަކީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ވަރަށް ބޮޑު ނަޒަރެއް ހުއްޓޭނެ ސިޓީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.