ރައީސްގެ މޯޓޯކޭޑަށް ހުރަސްއެޅި މީހުންގެ މައްސަލަ ކޯޓަށް ފޮނުވައިފި

ރައީސްގެ މޯޓޯކޭޑަށް ހުރަސްއެޅި މީހުންގެ މައްސަލަ ކޯޓަށް ފޮނުވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ މޮޓޯކޭޑް ހުއްޓުވައި އިދިކޮޅު އެކްޓިވިސްޓުން ފާއިތުވި މާރިޗްމަހުގެ 20 ވަނަ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ކޯޓަށް ފޮނުވައިފިއެވެ.

ޕީޖީ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، 20 މާރިޗު 2023 ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ބޮޑުތަކުރުފާނުމަގު، ޗީބޯ ކެފޭ ކައިރިން ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރައްވަމުން ގެންދެވި މޮޓޯކޭޑް އަށް ހުރަސްއަޅައި، އަޑުގަދަކޮށް ޢާއްމު މަޞްލަޙަތު ނަގާލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި، ހުޅުމާލެ 11328 ގޯތި، މުޙައްމަދު ޢައްބާސްއާއި، ދަފްތަރު ނަންބަރު ރސ 9151، އަޙްމަދު ރަޝީދުއާއި، ހުޅުމާލެ ފްލެޓް 06-2-154، އަޙްމަދު ޢަޒީލްގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ 31 މޭ 2023 ދުވަހު ކޯޓަށް ފޮނުވާފައި ވާކަމުގެވެ.

އޭގެ އިތުރަށް ގއ. ދެއްވަދޫ، އެސްޓަންވިލާ، އަޙްމަދު ސިނާންއާއި، ށ. ބިލެތްފަހި، ސޭޑީކޯނަރ، މަރްޔަމް މާޝާގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު 615 މާއްދާގެ ދަށުން ޢާންމު މަސްލަޙަތަށް ގެއްލުންހުރި ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއާއި، އެ ޤާނޫނުގެ 533 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ، 16 މޭ 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ވިދާޅުވެފައިވެއެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ މިޓޯކޭޑް ހުއްޓުވައި އިދިކޮޅު އެކްޓިވިސްޓުން ފާއިތުވި މާރިޗްމަހުގެ 20 ވީ ހޯމަ ދުވަހުގެ ރޭ ރައީސް ޔާމީންގެ ގެކޮޅާއި ޕީޕީއެމް އޮފީސް ހުންނަ ސަރަޙައްދަށް މޮޓޯކެޑް ދިއުމާއެކު އިދިކޮޅު އެކްޓިވިސްޓުންވަނީ، ރައީސްގެ މޮޓީކޭޑް ހުއްޓުވާ، މުޒާހަރާކޮށް ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި އަޑުގަދަކޮށްފައެވެ. އަދި ރައީސް ޞާލިޙުގެ އިސްތިއުފާއަށް ގޮވާފައިވެސް ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *