ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޑްރާމާ ސިލްސިލާ "ބަރްސާތޭ" ގެ ޕްރޮމޯއެއް ދައްކައިލައިފިއެވެ. މީ ސޮނީ ޓީވީން ދައްކަން ތައްޔާރު ވަމުން އަންނަ ޑްރާމާއެކެވެ.
މި ޑްރާމާގެ ލީޑޫން ފެނިގެންދާ ދެތަރިންނާއި އެކުގައި ޕްރޮމޯ ދައްކައިލައިފައި ވާއިރުގައި މި ޑްރާމާ އަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޑްރާމާ އެކެވެ.
ޑްރާމާގެ ލީޑުން ފެނިގެންދާނީ ކާމިޔާބު ޑްރާމާ ތަކެއް ކުޅެފައިވާ ދެ ތަރިން ކަމުގައިވާ ޝިވާންގީ ޖޯޝީ އާއި ކުޝާލް ޓަންޑަން އެވެ. ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ސިލްސިލާގެ ޕްރޮމޯ ބެލުންތެރިންނަށް ދޫކޮށްލި ނަމަވެސް އެ ޕްރީމިއާކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އެކްތާ ކަޕޫރްގެ ބާލާޖީގެ ތަތްގަނޑުގައި ނެރޭ މި ޑްރާމާ ވަރަށް އަވަހަށް ދައްކަން ފަށާނެ ކަމަށް ޕްރޮމޯގައި ވަނީ ބުނެފައިއެވެ. އެހެން ކަމުން އަދިވެސް ކުޑަ ދުވަސްކޮޅަށް އަދިވެސް މި ޑްރާާމާ އަށް އިންތިޒާރު ކުރަން މި ވަނީ ޖެހިފައިއެވެ.
"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ނައިރާގެ ރޯލު ކުޅެގެން މަޝްހޫރުވި ޝިވާންގީ އެންމެ ފަހުން ފެނިފައި ވަނީ ވެސް އެކްތާގެ ސިލްސިލާއެއް ކަމަށްވާ "ބޭގާބޫ" އިންނެވެ. ކުޝާލް އެންމެ ފަހުން ފެނިގެންދިއައީ 2016-2017 އަށް ގެނެސްދިން "ބޭހަދް" އިންނެވެ. މީ 7 އަަހަރެއްހައި ދުވަހަށް ފަހު ކުޝާލް އެނބުރި އަންނަ ޑްރާމާއެކެވެ.
ކޮމެންޓު ފޮނުވާ