އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑާއި ތޫފާނުގެ ބާރުވެސް އިތުރަށް ގަދަވަމުންދާތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ބުރެވި" ތޫފާނު މިހާރު ހުރީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައިކަމަށެވެ. މިތޫފާން އިތުރަށް ބާރުގަދަވެ، ހުޅަނގު ހުޅަނގުއުތުރަށް ދަތުރުކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރި ވާނެކަމަށް ލަފާކުރެވޭކަމަށެވެ.
Weather Alert ???❗️
Expect Very Heavy Rains (over 200mm) & Very Strong Winds (80-100 kmph) most provinces as Cyclonic Storm "Burevi" to landfall to #SriLanka eastern coast, close to Trincomalee this evening.
Possible Flood !
Stay Safe ?#LKA #WeatherSL #CycloneBurevi #Burevi pic.twitter.com/stf2g85nQr— Sri Lanka Tweet ?? (@SriLankaTweet) December 2, 2020
މީގެ އިތުރުން ރާއްޖޭގެ އިރުދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުވެސް ދަނީ އިތުރަށް ބާރުގަދަވަމުންކަމަށެވެ. ލަފާކުރެވޭ ގޮތުގައި މިއަދުގެ ހަވީރުން ފެށިގެން ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވެގެން ދާނެކަމަށް ބެލެވޭކަމަށެވެ.
މި ނިޒާމްތަކާ ގުޅިގެން ރާއްޖޭގެ މޫސުމަށް ފޯރާނެކަމަށް ބެލެވޭ އަސަރުތައް އެ އޮފީހުން އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން، ނެރޭ ސަމާލު އަދި އިންޒާރުގެ މެސެޖް މެދުވެރިކޮށް އާންމުކުރަމުން ދާނެ ކަމަށް އެއިދާރާއިން ބުނެއެވެ.
ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު އުތުރުގެ ބައެއް އަތޮޅުތަކަށާއި މެދުރާއްޖެތެރެއަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ