ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު"ން މިރޭ މާލޭގައި ބާއްވާ ބޮޑު އެއްވުމުގައި ރައީސް ޔާމީންގެ ޚާއްސަ ތަގުރީރެއް ދެއްވުމަށް ހަމަޖެއްހިއްޖެއެވެ.
"ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" މި ޝިއާރުގެ ދަށުން މިރޭ ބާއްވާ ޖަލްސާގެ އެޖެންޑާ ވަނީ ޢާންމު ކޮށްފައެވެ. އެޖެންޑާގައިވާގޮތުން ޖަލްސާގައި އެންމެ ފުރަތަމަ ވެސް އޮތީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރު ރައީސް ޔާމީންގެ ޚާއްސަ ތަޤުރީރެކެވެ. މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ރައީސް ޔާމީންގެ މި ތަގުރަކީ ޢާއިލާ މެދުވެރިކޮށް ނުވަތަ ޤާނޫނީ ވަކީލުން މެދުވެރިކޮށް ހިއްސާ ކުރައްވާ ތަގުރީރެއް ކަމަށް ބެލެވެއެވެ.
މިޖަލްސާގައި ކަނޑު ވިއްކާލުމާއި ދެކޮޅަށް މަސައްކަތް ކުރި އިސް ބޭފުޅުން ވާހަކަ ދައްކަވައެވެ. އެގޮތުން ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ.މުނައްވަރާއި، އައިޝަތު އާޒިމާ ޝުކޫރާއި، އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ކާނަލް ނާޒިމްއާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވާހަކަ ދައްކަވާނެއެވެ.
މީގެ އިތުރުން މިޖަލްސާގައި ފިކުރެއްގެ ދިރުމުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދާއި، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އަދި ޕީއެންސީގެ ރައިސް އަބްދުއްރަހީމް ވާހަކަ ދައްކަވާނެއެވެ.
މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން އިދިކޮޅު ފަރާތްކުން އެއް ޕްލެޓް ފޯމަކުން ފެނިގެންދާނެ ފުރަމަ ރެއެވެ. މިރޭގެ މިއެއްވުމަކީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާ އެއްވުމަކަަށް ވުމުން، އެއްވުން އިންތިޒާމު ކުރާ ފަރާތުން ގެންދަނީ ވީހާވެސް ގިނަ ބަޔަކަަށް ކާނިވާ ސަރަހައްދުގައި ތިބެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. މިރޭގެ ހަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 9 ޖަހާއިރުއެވެ.
މާލޭ އާޓިފިޝަލް ބީޗްގައި ބާއްވާ މި އެއްވުމުގައި، ކަނޑުގެ ސަރަހައްދު ވިއްކުމާ ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ޕެޓިޝަނެއްގައި ސޮއިކުރުން ކުރިއަށް ގެންދާނެ ކަމަށް އެ އިއްތިހާދުން ބުނެއެވެ.
3 Responses
ޖަލު ބަންދުގައި ތިބޭ މީހުންގެ ޓަގުރީރު ތަކުން ޖަލްސާ ނުފެށޭނޭ ގައިރު ގާނޫނީ ކަމެއް ތި އެއްވުން ހުއްޓުވާ އަދި ތި ކުރަރީ ބަގާވާތެއް
ކަނޑުކޮހުން ފެނުނިއްޔާއެނގޭނެތޯ ؟؟
Thithaaku nen leaderunge sharuthu hamavaa ekakuves, thi thibee fee kaheri vahthakeh