އެއްވުން ބާއްވާ މުޒާހަރާ ކޮށްގެން އިޓްލޮސްގެ ނިންމުން ބަދަލު ނުކުރެވޭނެ: އަމީތު

އެއްވުން ބާއްވާ މުޒާހަރާ ކޮށްގެން އިޓްލޮސްގެ ނިންމުން ބަދަލު ނުކުރެވޭނެ: އަމީތު

Author
މުޙައްމަދު ޝަޒައިމް
02 ޖޫން 2023 03:46
0

އެއްވުން ބާއްވާ މުޒާހަރާ ކޮށްގެން ކަނޑުގެ އިން ވަކި ކުރުމުގެ މައްސަލާގައި އިޓްލޮސްގެ ނިންމުން ބަދަލު ނުކުރެވޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު"ން މިރޭ މާލޭގައި ބާއްވާ ބޮޑު އެއްވުމެއް ބޭއްވުމަށް ދަނީ ތައްޔާރު ވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް މަސައްކަތް ކުރަމުންދާ އެއްވުމާއި ގުޅިގެން އަމީތު ވިދާޅުވީ ރާއްޖެއާއި ޗާގޯސްގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައި ނިންމުމަކީ ދިވެހި ސަރުކާރަކަށްވެސް ބަދަލު ކުރެވޭނެ ނިންމުމެއް ނޫންކަމަށެވެ.

އަދި މިނިންމުމަކީ ރާއްޖޭގައި މުޒާހަރާކޮށްގެން ތަންތަނަށް އެއްވެގެން ކުރެވޭނެ ކަމެއް ނޫންކަމަށެވެ. މިކަން ކުރެވޭނީ އަނެއްކާވެސް އިޓޮލޮސްއަށް ކަމަށްވާއިރު، އެނިންމުން ބަދަލު ކުރުމުގެ ނިޔަތުގައި މަގުތަކަށް އެއްވެސް މުޒާހަރާ ކުރުމަކުން އެނިންމުމަކަށް ބަދަލެއް ނާންނާނެކަމަށް އަމީތު ވިދާޅުވިއެވެ.

އިޓްލޮސްގެ ފަނޑިޔާރުން ނިންމި ނިންމުން ބަދަލު ކުރެވޭނީ އިޓްލޮސްއަށް. އެއީ ސަރުކާރަށްވެސް ކުރެވެން އޮންނާނެ ކަމެއް ނޫން. ވީއިރު، އިޓްލޮސްގެ ނިންމުން ބަދަލު ކުރަން ރާއްޖޭގައި މުޒާހިރާކޮށް، މީހުން އެއްކޮށް، އާންމު ޖަލްސާތައް ބާވަން މިޖެހެނީ ކީއްވެބާ؟

– އަމީތު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތައް ބުނާގޮތުން ކޮންމެ ޤައުމަކަށް ވެސް އެ ޤައުމެއްގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުން 200 މޭލު އީއީޒެޑްގެ ގޮތުގައި ބަލާއިރު، މޮރިޝަސްގެ ބައެއްކަމަށް އދ.ން ޤަބޫލުކުރާ ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އޮތް ސަރަޙައްދުން ބައެއް ފުށުއަރައެވެ. މިހާތަނަށް އައިއިރު ރާއްޖޭގެ ދެކުނުން އީއީޒެޑް ކަނޑައެޅިފައެއް ނުވެއެވެ. ނަމަވެސް އިޓްލޮސްގެ ނިންމުމާއެކު އެ 58 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަ ޙައްލުވެ، ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދު ނުވަތަ ބޯޑަރު ލައިން ކަނޑައެޅިގެންދިޔައީއެވެ.

މޮރިޝަސްއިން 200 ނޯޓިކަލް މޭލަށްވުރެ ބޮޑު ކޮންޓިނެންޓަލް ޝެލްފަކަށް ދަޢުވާކުރި ކަމަށް ބުނާ މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައިވަނީ ބްލެންހައިމް ރީފް ބޭސް ޕޮއިންޓެއްގެ ގޮތުގައި ބޭނުންނުކުރެވިދާނެ ކަމަށް ދިވެހިރާއްޖެއިން ބުނާބުނުމަށް ތާއީދުކޮށްފައެވެ. އަދި މި ނިންމުމާ ގުޅިގެން 47232 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގެ ބޮޑު ބައެއް ރާއްޖެއަށް ލިބިގެންދާނެކަމަށް ދިވެހިރާއްޖެއިން ބުނުމުން، ޓްރައިބިއުނަލުން ވަނީ އެކަމަށް އެއްބަސްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދިވެހި ރައްޔިތުން
ބައިނަލް އަގޫވާމީ ކޯޓު ތަކުން ނިންނާ ނިންމުންތަކާއި ދެކޮޅަށް އެއްވުންތައް ބޭއްވުމަކީ ކުރެވިގެންވާނެ ކަމެއްނޫން