"ޑޮން 3″ އަށް ރަންވީރު ސޮއިކޮށްފި

"ޑޮން 3″ އަށް ރަންވީރު ސޮއިކޮށްފި

Author
ފާތިމަތު ނާވީ
02 ޖޫން 2023 12:39
0

ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާންގެ ފްރެންޗައިޒް "ޑޮން" ގެ 3 ވަނަ ފިލްމް އަށް ރަންވީރު ސިންގް ސޮއިކޮށްފިކަމަށް ހަބަރުތަށް ބުނެފިއެވެ.

މީގެ ދުވަސް ކޮޅެއް ކުރިން ފެށިގެން މި ފިލްމް ޝާހުރުކް ނުކުޅެން ނިންމި ކަމަށް ބުނެ މީޑީއާގައި ވަނީ ރިޕޯޓް ކޮށްފައިއެވެ. އެއާއި އެކު މި ފިލްމް އަށް ރަންވީރު ނަގާނެ ކަމަށް ވަނީ ރިޕޯޓްތަށް ބުނެފައިއެވެ.

ނަމަވެސް މި ފިލްމް އިން ރަންވީރު ފެނިގެންދާނެ ކަމަށް ފިލްމް މޭކާއިން މިހާތަނަށް ޔަގީން ކޮށްދީފައިއެއް ނުވެއެވެ. ބައެއް ނޫސްތަކުން މިހާރު ބުނާގޮތުގައި ރަންވީރު ވަނީ މި ފިލްމް އަށް މިހާރު ސޮއި ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

ނަމަވެސް އަދި ރަސްމީކޮން އެކަން ކަށަވަރު ކޮށްފައިއެއް ނުވެއެވެ. "ޑޮން"ގެ އެއް ވަނަ ފިލްމާއި ދެ ވަނަ ފިލްމަށް ބޮޑު ތަރުހީބެއް ލިބި، މީގެ ތިން ވަނަ ފިލްމެއް ހަދަން އުޅޭ ކަމަށް ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީ އިއުލާން ކުރި ނަމަވެސް ފިލްމާއި ބެހޭ އިތުރު މައުލޫމާތެއް ހިއްސާ އެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.