"ބައިޖޫ ބަވްރާ" ގެ ޝޫޓިން އަންނަ އަހަރު

"ބައިޖޫ ބަވްރާ" ގެ ޝޫޓިން އަންނަ އަހަރު

Author
ފާތިމަތު ނާވީ
02 ޖޫން 2023 01:05
0

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަން ނިންމާފައިވާ ފިލްމު "ބައިޖޫ ބަވްރާ" ގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ފެބްރިއަރީ މަހު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމު 2019 ގެ ފަހުކޮޅު އިއުލާންކޮށް، އޭރު ނިންމާފައި އޮތީ 2021 ގެ ނޮބެމްބަރު މަހުގެ ތެރޭގައި ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް ކުރިން ރޭވި ގޮތަށް މަސައްކަތް ނުދިޔައީ ކޮވިޑާ ހެދި ދެ އަހަރެއްހާ ދުވަހަށް ފިލްމީ މަސައްކަތްތައް ހުއްޓުމަކަށް އައުމުންނެވެ.

"ބައިޖޫ ބަވްރާ" އަކީ ހަމަ އެ ނަމުގައި 1952 ގައި ގެނެސްދިން މިއުޒިކަލް ރޮމޭންޓިކް ޑްރާމާ އަަސްލަކަށް ބަލައިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ. ކުރީގެ ފިލްމަކީ ވިޖޭ ބަޓް ޑައިރެކްޓްކޮށް، މީނާ ކުމާރީ އާއި ބާރަތު ބުޝަން ލީޑް ކުޅުނު އެއްޗެކެވެ. އޭގެ މުހިއްމު ރޯލެއް ބަތަލާ ކުލްދީޕް ކޯރް ވެސް ކުޅުނެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިހާތަނަށް ރީތި އަދި ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ބަންސާލީގެ "ބައިޖޫ ބަޖްވާރާ" އަކީ އޭނަގެ ޑްރީމް އެއް ޕްރޮޖެކްޓެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

އަދި ވެސް "ބައިޖޫ ބަވްރާ" ގެ ކާސްޓަކީ ކޮބައި ކަމެއް ސާފެއް ނުވެ އެވެ. މި ފިލްމު އިއުލާންކުރި ދުވަސްވަރު މީގެ ކާސްޓާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތަކެއް ދެކެވިފައިވެ އެވެ. އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ފިލްމުގެ ލީޑަށް ވަނީ ރަންވީރު ސިންގް އާއި އާލިއާ ބަޓް ނަގައިފަ އެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

 

ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ރަންވީރާއި ދީޕިކާ އަކީ ބަންސާލީ އެންމެ ފަހުން ގެނެސްދިން ތިން ފިލްމުގެ ތަރިންނެވެ. އެއީ 2018 ގެ "ޕަދުމާވަތު" އާއި 2015 ގެ "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން 2013 ގެ "ރާމް-ލީލާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.