ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލާރސް ކޮންފަރެންސް ނިންމާލައިފި

ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލާރސް ކޮންފަރެންސް ނިންމާލައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން 'ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް '2023 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

23 މެއި 2023 ގައި ކްރޮސްރޯޑްސްގައި ކުރިއަށްދިޔަ މި ކޮންފަރަންސް ގައި، ދުނިޔޭގެ މަޝްޙޫރު ވާހަކަދެއްކުންތެރިންނާއި އެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ކޮންފަރަންސްގައި ބައިވެރިވި ކޮންޓެންޓް ކްރިއޭޓަރުން، ރާއްޖޭގެ ރީތިކަމުގެ ވާހަކަތަކާއި ކޮންޓެންޓް އުފެއްދުމާ ބެހޭގޮތުން މަޝްވަރާކުރިއެވެ.

ދުނިޔޭގައި އިޙްތިރާމް ލިބިފައިވާ ވާހަކަދެއްކުންތެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 ށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުންނާއި ނޫސްވެރިންނާއި ބްލޮގަރުންނާއި އިންޑަސްޓްރީގެ ޕްރޮފެޝަނަލުން އެއްތަންވެ، ރާއްޖޭގެ ހައިރާންކުރުވަނިވި ޤުދުރަތީ ރީތިކަން އަމިއްލައަށް ތަޖުރިބާކޮށް، އެ ތަޖުރިބާތައް އެކަކު އަނެކަކާ ހިއްސާކޮށް މަޝްވަރާކުރުމަށް ބޭއްވުނު ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލަރސް ކޮންފަރަންސަކީ، މިހާތަނަށް ބާއްވާފައިނުވާ ފަދަ ތަފާތު އިވެންޓެކެވެ. މި ކޮންފަރަންސްގެ ތެރޭގައި ރާއްޖޭގެ ސަގާފަތް ތަޖުރިބާކޮށް، ރީތި މަންޒަރުތައް ބަލާލާ، މަންޒިލްގެ ހަގީގީ ކުލަތަކާއި މަލަމަތި ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އަދި ކިއުންތެރިންނާއި ބެލުންތެރިން ޝައުޤުވެރި ވާފަދަ ނެރެޓިވް، އުފައްދާނެ ގޮތްތައް ދަސްކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބުނެވެ.

މި އިވެންޓުގައި ބައިވެރިން ވަނީ، ދާއިރާގެ ތަޖުރިބާކާރުން އިސްކޮށް ތިބެ، ރާއްޖެއާ ގުޅޭ ތަފާތު މަޢުލޫޢުތަކާ ބެހޭގޮތުން ފުންކޮށް މަޝްވަރާކުރެވުނު ޕެނަލް ޑިސްކަޝަންތަކުގަ އާއި އިންޓަރެކްޓިވް ވޯކްޝޮޕްތަކުގައި އަދި ނެޓްވޯކިންގ ސެޝަންތަކުގައި ބައިވެރިވެފައެވެ. މި ސެޝަންތަކުގައި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޒިންމާދާރު ދަތުރުފަތުރާއި، ސަގާފަތް ރައްކާތެރިކުރުމާއި، ޑެސްޓިނޭޝަންތައް ޕްރޮމޯޓްކުރުމުގައި ވާަހަކަ އާއި ކޮންޓެންޓް ބޭނުންކުރެވިދާނެ ގޮތްތަކާއި، އެ ފަދަ ވާހަކަތަކުން ބެލުންތެރިންނާއި ކިއުންތެރިން ޑެސްޓިނޭޝަންތަކާ މެދު ޝައުގުވެރިކުރުވޭ މިންވަރާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ކޮންފަރެންސް ނިމުމުން ބައިވެރިން، ކެމެރާތަކާއި ގަލަންތަކާއި އެމީހުންގެ އުފެއްދުންތެރި ހިޔާލުތަކާއެކު މިހާރު ވަނީ ރާއްޖޭގެ 8 ސަރަޙައްދަކަށް ދަތުރު ފަށާފައެވެ.

މި ކޮންފަރަންސްގެ ސައިޑްލައިން ހަރަކާތްތައް ހިންގުމަށް ހޮވާފައިވާ ސަރަޙައްދުތަކަކީ ރ. އަތޮޅު، ލ. އަތޮޅު، އަރި އަތޮޅު، ވ. އަތޮޅު، ކ. އަތޮޅު، އައްޑޫ އަތޮޅު، ފުވައްމުލައް، އަދި ހއ.އަތޮޅާއި ހދ. އަތޮޅެވެ. މި ދަތުރުތަކުގައި ރާއްޖޭގެ ގުދުރަތީ އަޖައިބުތައް ދެނެގަނު، ތަޖުރިބާކޮށް، އެ ސަރަހައްދުތަކުގައި ހުރި ތަފާތު ހަރަކާތްތަކުގައި 3 ދުވަސް މަތިން ބައިވެރިވެ، އެ ތަޖުރިބާތައް ދުނިޔެއާ ހިއްސާ ކުރުމަށް، ހަނދާން ނައްތާނުލެވޭ އަދި ޝައުގުވެރިވާ ފަދަ ތަފާތު ވާހަކަތަކެއް އުފެއްދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 އަކީ ދިވެހިރާއްޖެ ޕްރިމިއަރ ޓޫރިސްޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، ރާއްޖޭ ސާފު ގޮނޑުދޮށްތަކާއި މޫދާއި، ކަނޑުގެ ދިރުންތަކާއި މުއްސަނދި ސަގާފީ ތަރިކަ މުޅި ދުނިޔެއަށް ދައްކާލުމަށް އިންތިޒާމްކުރެވުނު މުހިންމު ޕްލެޓްފޯމެކެވެ.

މި ކޮންފަރެންސްގެ އެއް މަގުސަދަކީ ސްޓޯރީޓެލިންގ ބޭނުންކޮށްގެން ދުނިޔޭގެ ހުރިހާ ހިސާބަކުން ފަތުރުވެރިން ރާއްޖެއާ މެދު ޝައުގުވެރިކުރުވާ، ރާއްޖޭގެ ރީތިކަމާއި ރިވެތި މެހެމާންދާރީ ތަޖުރިބާ ކުރުމަށް ދައުވަތު ދިނުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *