އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ކޮއްކޮއަކު އޭނާގެ ބޭބެގަޔަށް ވަޅިހަރައި ވަރަށް ބޮޑަށް ޒަޚަމް ކޮށްލައިފިއެވެ.
"ޚަބަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޭބެގެ ގަޔަށް އޭނާގެ ކޮއްކޮ ވަޅިހަރާ ޒަޚަމް ކޮށްލާފައިވަނީ މަސްތުގެ ހާލަތުގައި ހުރެގެންނެވެ. އަދި ވަޅި ހެރުމުގެ ސަބަބުން އެމީހާ ވަރަށް ބޮޑަށް ޒަޚަމް ވެފައިވާކަމަށްވެސް މަޢުލޫމާތު ލިބިފައި ވެއެވެ. އަދި މެޔަށްވެސް ވަޅީގެ ހަމަލާތައް އަމާޒުވެފައިވާކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
ވަޅި ހެރުމުގެ ސަބަބުން ޒަޚަމްވި މީހާ މިހާރުވަނީ ހިތަދޫގައި ހުންނަ އީކުއެޓޯރިއަލް ހޮސްޕިޓަކަށް ގެންދެވިފައެވެ. މަންޒަރު ދުށް މީހުން "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި ޒަޚަމްވި މީހާގެ ހާލަތު ސީރިއަސްއެވެ. އެހެންނަމަވެސް އޭނާގެ ހާލަތާއި ގުޅޭގޮތުން ހޮސްޕިޓަލުން އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މިހާދިސާއާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ތަފްސީލް އަންނަނީ..
ކޮމެންޓު ފޮނުވާ