މިސަރުކާރުގެ ބަންޑާރަ ނައިބު ދިފާޢު ކުރާނަން: ޣަފޫރު

މިސަރުކާރުގެ ބަންޑާރަ ނައިބު ދިފާޢު ކުރާނަން: ޣަފޫރު

Author
އަޒްފާ ރަޝީދު
31 މެއި 2023 07:58
0

ރައްޔިތުންގެ މަޖިލީހުން މިސަރުކާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ދިފާއު ކުރާނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓް ނަގައި މަޤާމުން ދުރު ނުކުރެވޭނެކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަންޑާރަނައިބު ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރިއިރު، ރިއްފަތު މަޖިލީހަށް ހާޒިރުނުވެ ލިޔުމުން ޖަވާބު ދެއްވުމުން އެ މައްސަލަ ކުރިއަށް ނުގެންދެވި ވަނީ ހުއްޓިފައެވެ. އަދި އެ މައްސަލައިގައި އަމަލުކުރާނޭ ގޮތެއް ސާފުކުރުމަށް ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށެވެ. އެހެންނަމަވެސް ލަފައަކަށް އެދެވޭނީ މަޖިލީހުން ފާސްކޮށްގެނެވެ.

އިތުބާރުނެތްކަމުގެ މައްސަލަ މަޑުޖައްސާލާ ދެން އެޖެންޑާގައި ހުރި މަސައްކަތްތައް މަޖިލީހުގެ ޖަލްސާގައި ކުރިއަށްގެންދާއިރު، މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އެޖެންޑާކޮށް ވޯޓަށް ނޭހިއޮތް އިތުބާރު ނެތްކަމުގެ މައްސަލައަކީ ސާފު މައްސަލައެއް ކަމަށެވެ. މެންބަރު ގަފޫރު ވިދާޅުވީ ބަންޑާރަނައިބު އެމަނިކުފާނަށް ލިބިފައިވާ ހައްގެއްގެ ބޭނުން ނުކުރުމަކީ މި މަޖިލީހުގައި އެކަމުގެ ވޯޓަށް ނޭހޭނެ ސަބަބެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ގަފޫރު ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލަންވެގެން "ގައުމު ވިއްކާލި" ކަމަށް މަޖިލީހުގައި ބުނެ ވާހަކަ ދެއްކުމަކީ އެއްވެސް މާނައެއް ހުރިކަމެއް ނޫން ކަމަށާއި ރާއްޖޭގެ ކަނޑު ބަޔަކަށް ވިއްކާލައިގެން ނޫޅޭ ކަމަަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލައިގެން ވޯޓުހޯދުމަށް ދައްކާވާހަކަތައް ރައްޔިތުން މިއަދު ގަބޫލު ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. މިސަރުކާރުން ރައްޔިތުންނަށް ގެއްލުންވާނޭ އެއްވެސް ކަމެއް ނުކުރާނޭކަމަށާއި އެކަމުގެ ޔަގީންކަން އޮބައޮތްކަމަށް ވިދާޅުވިއެވެ. އަދި ފުރިހަމަ އިތުބާރު ބަންޑާރަނައިބަށް އޮތްކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.

"މިމަޖިލީހުން މި ގައުމުގެ އެޓާނީ ޖެނެރަލް ދިފާއު ކުރާނަން. އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ އެމަނިކުފާނު އެ މަގާމުން ބޭރެއް ނުކުރެވޭނެ." ގަފޫރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ އިސްތަށިފުޅުގައި ގައުމު ވިއްކާލައިފިކަމުގެ "ވަގު ތުހުމަތު" އަޅުވަނީ އެމަނިކުފާނަށް ފާޑުކިޔަން އިދިކޮޅު ފަރާތްތަކަށް ކިޔޭނެ އިތުރު އެއްޗެއް ނެތުމުންކަމަށް ވެސް މެމްބަރު ޣަފޫރު ވިދާޅުވި އެވެ.

"ދައްކާނެ އެހެން ވާހަކައެއް ނެތިގެން ރައްޔިތުންނަށް އޮޅުވާލައިގެން ޤައުމު ވިއްކާލީއޭ މިތަނުގައި ކިޔުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫން. ސާފުވާން ޖެހޭ ކަންކަން. ސިޔާސީ ލީޑަރުންގެ ގޮތުގައި ނިކުމެ މާދަމާ ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވާން ތައްޔާރުވާއިރުގައި ތެދުބަހުން ވާހަކަދެއްކެން އެބަޖެހޭ" ޣަފޫރު ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ ބަންޑާރަނައިބު ރިއްފަތު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ހޯދުމަށް ކުރި މަސައްކަތުން ލިބުނު އެއްޗެއް ކުޑަ ނޫންކަމަށެވެ. އަދި ރާއްޖޭގައި އެއްވެސް ސިޔާސީ ލީޑަރަކު ޗާގޯސް ހޯދުމަށް ކުރި އެއްވެސް މަސައްކަތެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަންބެ
ޢަފޫރު،ތިޔައްވުރެން މާރަގަޅުވަނެ،،ޓީވީޔަށް އަރުވާ ރައީސް ސޯލިހު ތެދުބަހުން ވާހަކަ ދައްކަން ބާރުއެޅިއްޔާ ޓީވީޔަށް އަރާ ސިއްހީދާއިރާގެ ހުރިހާ ބޭފުޅުންނާއި،،ސިވިސާވަންޓުންގެ މުސާރަ މޭ އެކަކުންފެށިގެން ބޮޑުތަނުން ބޮޑުކޮއްފީމޭ ބުނިއިރު ހެޔޮވާނީ ކިހިނަތްތޯ ރާއްޖޭގެ ރައިސުލް ޖުމުހޫރިއްޔާ އެވަރުގެ ބޮޑު އިތުރުފުޅުހައްދަވަން ފާ ފަނުވަނީ އެވައްތަރުގެ ދޮގުހެދީމާތޯ؟؟