އަދާލަތުގެ އިލްވެރިންގެ މަޖިލީހުން "ބައެއްކަންކަން" ރައީސްގެ ސަމާލުކަމަށް ގެނެސްފި

އަދާލަތުގެ އިލްވެރިންގެ މަޖިލީހުން "ބައެއްކަންކަން" ރައީސްގެ ސަމާލުކަމަށް ގެނެސްފި

Author
ހުސެއިން
31 މެއި 2023 06:13
0

އަދާލަތު ޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދު ކުރަން ނިންމާފައިވާތީ، އެޕާޓީގެ އިލްމުވެރިންގެ މަޖިލިހުން ބައެއްކަންކަން ރައީސް ސާލިހުގެ ސަމާލުކަމަށް ގެނައުމަށްޓަކާ އެމަނިކްފާނާ ބައްދައްލު ކުރައްވައިފިއެވެ.

އަދާލަތު ޕާޓީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، މިއަދުގެ މި ބައްދަލުވުމުގައި އެޕާޓީން ރައީސްގެ ސަމާލުކަމަށް ގެނައުމަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާކަމުގައެވެ. އެހެންނަމަވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ ކަންކަމުގެ އެއްވެސް ތަފްސީލެއްވެސް ހާމަ ކޮށްފައެއް ނުވެއެވެ.

އަދާލަތު ޕާޓީންވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ސާލިހަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައެވެ. އަދާލަތު ޕާޓީން ބުނެފައިވަނީ ގައުމުގެ މަސްލަހަތު ދެމެހެއްޓުމަށްޓަކާ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމުގައެވެ.

އަދާލަތު ޕާޓީން އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާއިރު އެޕާޓީގެ އިސް ބޭފުޅުން ތިއްބެވީ ސަރުކާރުގެ އިސް މަގާމްތަކުގައިކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.