ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ "ފިކުރެއްގެ ދިރުން" ގައި ޙަރަކާތްތެރިވެވަޑައިގަންނަވާ މެންބަރުން އިސްވެ ތިއްބަވައިގެން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ ރަޖިސްޓްރީ ކުރަން މާދަމާ ހުށަހަން ނިންމައިފިއެވެ.
ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ މާދަމާ (1 ޖޫންވާ ބުރާސްފަތި ދުވަހު) ހެނދުނު އެޕާޓީ އުފެއްދުމަށް ބޭނުންވާ މެންބަރޝިޕް ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ދާން ހަމަޖެހިފައިވާތީ އެންމެ ލަސްވެގެން މިރޭ 11:00 އަށް ހުރިހާ ފަރާތަކުންވެސް ގ.ބޮޑުފެންވަޅުގެޔަށް ފޯމުތައް ގެނެސްދިމަށް އެދޭކަމަށެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ޕާޓީ އުފެއްދުމަށް މަދުވެގެން 3000 މީހުންގެ ފޯމު ބޭނުން ވެއެވެ. "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއްގެ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގަތީ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ.
މާދަމާ (1 ޖޫންވާ ބުރާސްފަތި ދުވަހު) ހެނދުނު ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭނުންވާ މެންބަރޝިޕް ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ދާން ހަމަޖެހިފައިވާތީ
އެންމެ ލަސްވެގެން މިރޭ 11:00 އަށް ހުރިހާ ފަރާތަކުންވެސް ގ.ބޮޑުފެންވަޅުގެޔަށް ފޯމުތައް ގެނެސްދެއްވުން އެދެން. ޝުކުރިއްޔާ! pic.twitter.com/U2cnE7RM1j
— The Democrats (@TheDemocratsMV) May 31, 2023
ދަ ޑިމޮކްރެޓްސް އިންމާދަމާ ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު، އެޕާޓީން މިހާތަނަށް 5،000 އަށްވުރެ ގިނަ މީހުންގެ ސޮއި ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ޑިމޮކްރެޓްސް އިންވަނީ މިއަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނެރުމަށްވެސް ނިންމާފައެވެ. އެޕާޓީން ވާދަކުރާނެކަމަށް ބެލެވެނީ މިވަގުތު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
ކޮމެންޓު ފޮނުވާ