ޤާނޫނީ ވަކީލް ޝާއިރު 200 އަށްވުރެ ގިނަ ފޯމާއިއެކު ރައީސް ނަޝީދު އިސްކޮސް ހުންވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސް އާއި ގުޅިއްޖެއެވެ.
ދަ ޑިމޮކްރެޓްސްއަށް ސޮއިކޮށް ޝާއިރުގެ ފޯމް ހަވާލުކުރެއްވީ އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ޝިފާޒާއެވެ. އޭނާ ދަ ޑިމޮކްރެޓްސް ސޮއި ކުރުމުން ޝިފާޒު ވަނީ މަރުހަބާ ދަންނަވާފައެވެ. ޝާއިރަކީ ނިމިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ހައްޔަރުކުރި އެމްޑީޕީގެ އެކި ބޭފުޅުންގެ ދިފާއުގައި ކޯޓުތަކަށް ވަޑައިގެން ހިލޭ ސާބަހަށް ޤާނޫނީ ވަކީލްކަން ކޮށްދެއްވި ބޭފުޅެކެވެ.
އެމްޑީޕީން ފެށި އިސްލާހީ ހަރަކާތުގައިވެސް ޝާއިރަކީ ޤާނޫނީ އެކި ކަންކަމުގައި އެކި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދެއްވާފައިވާ ބޭފުޅެކެވެ. އެމްޑީޕީގެ ތެރެއިން އުފެދިގެންދާ ދަ ޑިމޮކްރެޓްސްއާއި ގުޅޭ ގިނަ މީހުންނަކީ އެމްޑީޕީގެ މީހުންކަން ފާހަގަކޮށްލެވެއެވެ.
ިހިފެހެއްޓުމެއްނެތް ޝުކުރާއި ތަހާނީ ޤާނޫނީ ވަކީލު @AbdullaShaairu އަށް. އިސްލާހީ ހަރަކާތުގަ ނުހައްގުން ބަންދުކުރި އެތައް ސަތޭކަ ބައެއްގެ ވަކީލުކަން ކޮށްދެއްވީ ހިލޭސާބަހަށް. @TheDemocratsMV ގެ މަސައްކަތަށް ލިބުނު ބޮޑު ހިތްވަރެއް 🩵🙏👏👏 #WeTheDemocrats pic.twitter.com/5tym4Xzlaq
— Mohamed Shifaz🎈 (@shippeshifaz) May 30, 2023
ރައީސް ނަޝީދު "ފިކުރެއްގެ ދިރުން" ހަރަކާތުން މިއަދު އުފެދިގެން ދިޔަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. ރައީސް ނަޝީދަށް ތާއީދު ކުރާ މަޖިލީހުގެ 12 މެމްބަރަކުން ވަނީ އެމްޑީޕީއިން ވަނީ އާ ޕާޓީއާއި ގުޅިފައެވެ. އަދި ރައީސް ނަޝީދަށް ތާއީދުކުރާ އެހެން ފަރާތްތަކުން ވެސް ދަނީ އެމްޑީޕީއިން ވަކިވަމުންނެވެ.
ދަ ޑިމޮކްރެޓްސް އިން ފޯމު ފުރުމަށް ކުރިއަށް ގެންދާ ކެމްޕެއިންގައި މިހާތަނަށް 5،000 އަށްވުރެ ގިނަ މެމްބަރުން ސޮއިކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ