ރިއްފަތު ޖަވާބުދާރީވާން ވަޑައިނުގަތުމަކީ ކަނޑު ވިއްކާލިކަމުގެ ފުރަތަމަ ހެކި: ސަލީމް

ރިއްފަތު ޖަވާބުދާރީވާން ވަޑައިނުގަތުމަކީ ކަނޑު ވިއްކާލިކަމުގެ ފުރަތަމަ ހެކި: ސަލީމް

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބަންޑާރަނައިބު އިތުބާރު ނެތްކަމުގެ މައްސަލާގައި ބަންޑާރަނައިބް، އިބްރާހިމް ރިއްފަތު މަޖިލީހަށް ވަޑައިގަންނަވަނަ ދެކޮޅު ހެއްދެވުމަކީ ކަނޑުވިއްކާލިކަމުގެ ފުރަތަމަ ހެކި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޤާނޫނު އަސާސީގެ 110 ވަނަ މާއްދާގެ (ށ)ގައި ވާގޮތުގެ މަތީން މަޖިލީހަށް ލިޔުމުން ޖަވާބުދާރީވެ ވަޑައިގެންނެވުމަށް ބަންޑާރަ ނައިބް ނިންމެވި ނިންމެވުމަށް ރިޢާޔަތް ކުރައްވައި މަޖިލީހަށް ވަޑައިނުގަތުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ. އެމަނިކުފާނު ވަނީ ލިޔުމުން މަޖިލީހަށް ޖަވާބު ހުށަހެޅުއްވާފައެވެ.

މިމައްސަލާގައި ބަންޑާރަ ނައިބް ވިދާޅުވެފައިވަނީ އެމަނިކުފާނު ލިޔުމުން ޖަވާބު ހުށަހެޅުއްވީ ޤާނޫނު އަސާސީގެ 133 ވަނަ މާއްދާއިން ބަންޑާރަ ނައިބަށް ލިބިދޭ ދުސްތޫރީ ތަރަހައިގެ ތެރެއިންކަމަށެވެ. އެމަނިކުފާނު ވަނީ 37 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ތަފްސީލީ ޖަވާބެއް ދެއްވާފައިކަމަށް ސަރުކާރުގެ މެންބަރުން ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މިމައްސަލައަކީ ރައްޔިތުންގެ މަސްލަހަތު އޮތް ބޮޑު މައްސަލައަކަށްވާއިރު، ރައްޔިތުން އިންތިޚާބު ކުރި މެމްބަރުންނަށް ޖަވާބު ދާރީވުމަށް ބަންޑާރަނައިބް މަޖިލީހަށް ވަޑައި ނުގަތުމަކީ މިކަމުގައި ގޯސްތަކެއް ހުރިކަން ހާމަވާ ކަމެއްކަމަށެވެ.

ބަންޑާރަނައިބް 87 މެމްބަރުން ކުރާ، ސުވާލު ތަކަށް ޖަވާބުދާރީ ވާން ވަޑައި ނުގަތުމަކީ ކަނޑު ވިއްކާލިކަމުގެ ފުރަތަމަ ހެކި.

– ސަލީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބަންޑާރަނައިބު އިތުބާރު ނެތްކަމުގެ މައްސަލާގައި ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންފައިވާތީ އުފެދުނު ޚިޔާލުތަފާތުވުންތަކާއި ގުޅިގެން، ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ.

ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅުއްވާފައިވަނީ، ރާއްޖެއާއި މޮރީޝަސްއާއި ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައެވެ. މި މައްސަލަ ހުށައެޅުއްވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *