ދީޕިކާ އެކްޓިން ދޫކޮށްލައިފި

ދީޕިކާ އެކްޓިން ދޫކޮށްލައިފި

Author
ފާތިމަތު ނާވީ
01 ޖޫން 2023 05:33
0

"ސަސުރާލް ސިމަރް ކާ" އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ހުނަރުވެރި ބަތަލާ ސިޕިކާ ކައްކަރު އޭނާގެ އެކްޓިންގ ގެރިއަރު ނިންމާލިކަން އިއުލާން ކޮށްފިއެވެ.

އަލަތު ދަރިފުޅަށް ބަލިވެ އިން ދިޕިކާ ބުނީ އޭނާ ކެރިއަރު ދޫކޮށްލައި ދަރިފުޅު ބެލުމަށް ގޭގައި އިންނަން ނިންމައިފައިވާ ކަމަށެވެ. އެކްޓިން ހުއްޓާލަން ނިންމާފައިވާ ކަން އިއުލާން ކުރި އިރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިޕިކާ ވިހާނެއެވެ.

 

View this post on Instagram

 

A post shared by Dipika (@ms.dipika)

ދީޕިކާ ބުނީ އޭނާ ވަރަށް ކުޑައިރު މަސައްކަތް ކުރަން ފަށާފައިވާ ކަމަށާއި މިހާރު ބޭނުން ވަނީ އޭނާގެ އާއިލާއަށް އިސްކަންދީ "ފުލް ޓައިމް ހައުސް ވައިފް" އަކަށް ވާން ކަމަށެވެ.

"ބޭނުން ވަނީ ދަރިފުޅާއި ފިރިމިހާ އަށް އަހަރެންގެ ހުރިހާ ވަގުތެއް ހުސްކުރަން. އިތުރަށް މަސައްކަތް ކުރާކަށް ބޭނުމެއް މިހާރު ނުވޭ. އެހެންވެ އެކްޓިން ދޫކޮށްލަން ނިންމައިފިން."

ދީޕިކާ އަންނަނީ އޭނާގެ ދިިއިއުޅުން ހިއްސާ ކުރުމަށް ޔޫޓީއުބް ޗެނަލް އެއް ހިންގަމުންނެވެ. އޭނާގެ ޑެއިލީ ލައިފް އަދި ލައިފް ސްޓައިލް މި ޗެންލުން ދައްކައެވެ.

ދިޕިކާ އާއި އެކްޓަރު  ޝޯއެބް އިބްރާހީމް ކައިވެނި ކުރީ 2018 ވަނަ އަހަރުގައިއެވެ. މިހާރު ދިޕިކާ ބަލިވެ އިން އިރުގައި މިއީ މިދެމީހުންގެ ވެސް އަލަތު ދަރިފުޅެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.