އއ.އުކުޅަހު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފައިވާކަމަށް މިމަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އުކުޅަހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢޫގެ ދަށުން، އެއްގަމު ތޮށި ލުމާއި ހާބަރ ޕޭވްމެންޓް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށެވެ. އަދި، ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 97 އިންސައްތަ ފުރިހަމަކުރެވިފައި ކަމަށެވެ.
އާބާދީގައި 1100 އެއްހާ މީހުން ދިރިއުޅޭ އުކުޅަހަކީ ގެސްޓު ހައުސް ވިޔަފާރި ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެހެން ކަމުން އެރަށުގެ ބަނދަރު ފެނިގެން ދަނީ ވަރަށް ބާރުބޮޑު ބަނދަރެއްގެ ގޮތުގައެވެ .އެގޮތުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެއަތޮޅުގެ ގިނަ ފެރީތަކާއި މާލެ ދަތުރުކުރާ ބޮޑެތި ލޯންޗު ފަހަރުވެސް އަންނަނީ އެރަށަށް ބަނދަރު ކުރަމުންނެވެ.
AA. Ukulhas Harbor Development Project is currently underway. Quay wall construction and harbor pavement installation work has been completed, and harbor dredging operations have reached 97% completion.#MTCCProjects #RayyithungeKunfuni pic.twitter.com/bFTlWsMOMF
— MTCC Plc (@MTCCPlc) May 31, 2023
އުކުޅަހުގައި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން، 19،630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުން ކުރުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 136 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން، 138.73 މީޓަރުގެ ސަރަހެއްދެއްގައި ޖެޓީއެއް ހެދުމާއި 580 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށްވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރުޢުގެ މަސައްކަތަށް 19.9 މިިލިއަން ރުފިޔާގެ ޚަރަދުކުރުމަށްވަނީ ކަނޑައަޅާފައެވެ.