ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާނިވަލްގެ ސްޕޮންސަރަކީ އާބަންކޯ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާނިވަލްގެ ސްޕޮންސަރަކީ އާބަންކޯ

Author
މުޙައްމަދު ޝަޒައިމް
31 މެއި 2023 10:07
0

ކާބޯތަކެއްޗަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާނިވަލް، "އަރބަންކޯ މޯލްޑިވްސް ފޫޑް ކާނިވަލް 2023″ގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި އާރބަންކޯ ހަމަޖެހިއްޖެއެވެ.

މި ފުޑް ކާނިވަލް ބޭއްވުމަށް ހަމަޖެިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މި ޖޫން މަހުގެ 20 – 24 ވަނަ ދުވަހުގެ ނިޔަލަށެވެ. ތިންކް އެސޯސިއޭޓްސްގެ ފަރާތުން ބާއްވާ މި ކާނިވަލަކީ 4 ދުވަހުގެ، މަޖާ އުފާވެރި މާހައުލެއްގައި، ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ގޭމްތަކާއި، ތަފާތު ގިނަ މީރު ކާނާތައް އެއްތަނަކުން ކާނިވަލެއްގެ ސިފައިގައި ތަޖުރިބާ ކޮށްލުމަށް ބޭއްވޭ ކާނިވަލެއް ކަމަށް އާބަންކޯއިން ބުނެފައިވެއެވެ.

އާބަންކޯއިން ބުނީ މި ހާއްސަ ކާނިވަލުގައި ރާއްޖޭގެ އެކި ރަހަތަކާއި ދުނިޔޭގެ އެކި ރަހަތައް ލިބިގެންދާނެ ކަމަށެވެ. އަދި ކާބޯތަކެތީގެ ވިޔަފާރީގައި އުޅޭ އެކި ފަންތީގެ ވިޔަފާރިތަކަށް ވެސް ޕްރޮޑަކްޓްތައް ދައްކާލުމުށާއި މާކެޓް ކުރުމުގެ ފުރުސަތު މި ކާނިވަލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

މި ކާނިވަލުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި އަރބަންކޯ ހަމަޖެހިފައިވާއިރު މިކަމުގެ އެއްބަސްވުމުގައި މިއަދު ތިންކް އެސޯސިއޭޓްސް އާއި އަރބަންކޯއިން ވަނީ ސޮއިކޮށްފައެވެ. އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އެވެ. އަދި ތިންކް އެސޯސިއޭޓްސްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދީލް އިސްމައިލް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.