ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުހެދުމުގެ މަޝްރޫޢުގެ ބޮޑު ބައެއް މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެގޮތުން އެ ކުންފުނިން މިއަދު ބުނެފައިވަނީ މި މަސައްކަތުގެ 86 އިންސައްތަ ފުރިހަމަ ކުރެވިފައިވާ ކަމަށާއި ސަބް ބޭސް އެޅުމުގެ މަސައްކަތުގެ 92 އިންސައްތަ ނިމިފައިވާ ކަމަށެވެ. މިއާއިއެކު ސަބް ގްރޭޑް އެޅުމުގެ މަސައްކަތުގެ 66 އިންސައްތަ ނިމިފައިވާއިރު ސައިޓުގައި މިހާރު ކުރިއަށްދަނީ ތާރުއެޅުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95,239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27,450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19,940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
The Gn. Fuvahmulah Internal Roads Construction Project is currently ongoing with overall 86% project progress. Sub-base work has reached 92% completion, and sub grade work has reached 66% completion. Asphalt laying work and installation of streetlights is currently ongoing at the… pic.twitter.com/f0Evc27H9u
— MTCC Plc (@MTCCPlc) May 30, 2023
އެމްޓީސީސީއިން ވަނީ މި މަޝްރޫޢަކީ 302.72 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަން ފާހަގަކޮށްފައެވެ.