ކުޅުދުއްފުށީގެ މޭޔަރާއި އެކު ހުރިހާ ކައުންސިލަރުން ދަ ޑިމޮކްރެޓްސްއަށް ސޮއިކޮށްފި

ކުޅުދުއްފުށީގެ މޭޔަރާއި އެކު ހުރިހާ ކައުންސިލަރުން ދަ ޑިމޮކްރެޓްސްއަށް ސޮއިކޮށްފި

Author
އަޒްފާ ރަޝީދު
30 މެއި 2023 06:49
0

ހދ. ކުޅުދުއްފުށީގެ މޭޔަރު ހިމެނިވަޑައިގަންނަވާ ގޮތަށް، ހުރިހާ ކައުންސިލަރުން ދަ ޑިމޮކްރެޓްސްއަށް ސޮއިކޮށްފިއެވެ.

އެކަން ހާމަކުރައްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލްއުސްތާޛް ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އަދި ކާމިޔާބީއެއް ކަމަށެވެ.

އެކަމަކަށްޓަކައި ހަސަން ލަތީފް ވަނީ ކުޅުދުއްފުށީ ކައުންސިލަރުންނަށް މަރުހަބާއާއި ޝުކުރު ދަންނަވާފައެވެ.

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދެވި ފިކުރެއްގެ ދިރުން ގޮފިން އުފައްދަން ނިންމާފައިވާ ޕާޓީ ކަމުގައިވާ "ދި ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީން) ދީފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ރައީސް ނަޝީދުގެ މަންމައާއި ބައްޕަވެސް އެޕާޓީއަށް ސޮއި ކުރައްވާފައި ވީ ނަމަވެސް މިހާތަނަށް ނަޝީދު ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދެމުން އީސީގެ ނައިބުރައީސް އިބްރާހިމް ހަބީބު ވިދާޅުވީ، ޕާޓީއަށް މަދުވެގެން 3000 މެމްބަރުން ހަމަކުރުމަށްޓަކައި ތިން މަސް ލިބިގެންދާނެ ކަމަށާއި އެ އަދަދަށް މެމްބަރުން ހަމަ ކުރުމުން ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމަށް އެ ޕާޓީއަށް ދައުވަތު ދޭނެ ކަމަށެވެ.

ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސްއިން ދީފައި ވާއިރު، އެ ޕާޓީން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަންވެސް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަރިޔަމް މޫސާ
އީސީގެ ނާއިބު ރައީސަކީ އިބުރާހީމް ހަބީބޭ. ކޮން އިރަކު އިސްމާއީލް ހަބީބު ބަދަލުވީ؟؟